އެމްޑީޕީން މެންބަރުންތަކެއް ވަކިވި ނަމަވެސް އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮންމިކް މިނިސްޓަރު ވިދާވީ އެ ޕާޓީން މެމްބަރުންތަކެއް ވަކިވިޔަސް ރިޔާސީ އިންތިޚާބަށް އޭގެ އަސަރެއް ނުކުރާނެ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމުގެ ފުރުސަތު އަދިވެސް އެންމެ ބޮޑީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ސާލިޙަށް ކަމަށާއި އެމަނިކުފާނަށް އެއްބުރުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ސިޔާސީ ކަންކަމުގައި ހިސާބުތައް ޖެހީ ނަޝީދާއި އެމަނިކުފާނަށް ތާއިދުކުރާ މެންބަރުންގެ ސަޕޯޓް ނުހިމަނައި ކަމަށެވެ. އެހެންކަމުން މި ރިޔާސީ އިންތިހާބަށް ހިސާބު ޖަހާއިރު އެއީ ގެއްލޭ ނަމްބަރެއް ނޫން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު