މަސްވެރިކަން ތަރައްޤީކުރަން އެންމެ ބޮޑަށް އިންވެސްޓްކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުންކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން މިހެން ވިދާޅުވީ މިފްކޯގެ މަސްކިރުވުމުގެ ކެޕޭސިޓީ އިތުރުކުރުމަށް ގެނައި "ޖަޒީރާ 103" ބޯޓުން މަސްކިރުވުން ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.
"ޖަޒީރާ 103" ބޯޓުން މަސްކިރުވުން ރަސްމީކޮށް ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ގދ. ފަރެސްމާތޮޑާގައެވެ. މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރގެ އިތުރުން ފިނޭންސް މިނިސްްޓަރ އިބްރާޙީމް އަމީރުއާއި މިފްކޯގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މަސްވެރިން ބާނާ މަސް ކިރުވުމަށް ދަތިތައް ކުރިމަތިވެފައިވަނީ ކުރީގެ ސަރުކާރުތަކުން މަސްވެރިކަން ތަރައްްޤީކުރުމަށް އިންވެސްޓްކޮށްފައި ނެތުމުންކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ މައްސަލައަށް ހައްލު ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާޙަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މީގެކުރިން އެއްވެސް ސަރުކާރަކުން މަސްވެރިކަން ތަރައްޤީކުރަން މަސައްކަތްކޮށްފައިނުވާ މިންވަރަށް މި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
"މި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމަށް މަސްވެރިން ބާނާ މަސް ކިރުމަށް ސަމާލުކަންދޭ. އެކަމަށް ޝައްކު އުފައްދާ މީހުން އެ ދައްކަނީ ދޮގުވާހަކަ." މިނިސްޓަރ ވިދާޅުވިއެވެ.
މިފްކޯއަށް އަލަށް ގެނައި މަސްކިރާ ބޯޓަކީ ދުވާލަކު 120 ޓަނުގެ މަސް ކިރުވުމުގެ ކެޕޭސިޓީ ހުންނަ ބޯޓެކެވެ. އަދި ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން އެއްފަހަރާ މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ މި ބޯޓުގައި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭނެއެވެ.

Our vessel #Jazeera103 has arrived @Portmv as scheduled this morning!
— MIFCO (@mifcomv) April 6, 2023
Jazeera 103 has a #freezingcapacity of 120 MT/day and #storagecapacity of 420MT. #MIFCO's latest acquisition is a game changer to the industry pic.twitter.com/iuEW68Uq3i
މި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މަސްވެރިން ބާނާ މަސް ކިރުވުމަށް ދަތިތައް ކުރިމަތިވެފައިވަނީ ކުރީގެ ސަރުކާރުތަކުން މަސްވެރިކަން ތަރައްްޤީކުރުމަށް އިންވެސްޓްކޮށްފައި ނެތުމުންކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ މައްސަލައަށް ހައްލު ހޯދައިދޭން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާޙަގަކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވީ، މީގެކުރިން އެއްވެސް ސަރުކާރަކުން މަސްވެރިކަން ތަރައްޤީކުރަން މަސައްކަތްކޮށްފައިނުވާ މިންވަރަށް މި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
"މި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމަށް މަސްވެރިން ބާނާ މަސް ކިރުމަށް ސަމާލުކަންދޭ. އެކަމަށް ޝައްކު އުފައްދާ މީހުން އެ ދައްކަނީ ދޮގުވާހަކަ." މިނިސްޓަރ ވިދާޅުވިއެވެ.
މިފްކޯއަށް އަލަށް ގެނައި މަސްކިރާ ބޯޓަކީ ދުވާލަކު 120 ޓަނުގެ މަސް ކިރުވުމުގެ ކެޕޭސިޓީ ހުންނަ ބޯޓެކެވެ. އަދި ފަސޭހަކަމާއެކު ބޯޓްގެ ދެ ފަރާތުން އެއްފަހަރާ މަސް ކިރޭ ގޮތަށް ދެ ކްރޭން ހަރުކޮށްފައިވާ މި ބޯޓުގައި ޖުމްލަ 420 މެޓްރިކް ޓަނުގެ މަސް ރައްކާ ކުރެވޭނެއެވެ.
ކިޔުންތެރިންގެ ހިޔާލު