ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޖަވާބުދާރީވުމަށް 30 މިނެޓްގެ ވަގުތެއް ދިނުމަށް އާއްމު ކޮމިޓީން ފާސްކޮށްފިއެވެ.

ޗާގޯސް މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމް، ޕީއެންސީއާއި، ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން ގުޅިގެންނެެވެ.

ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށްގެންދާނެ ގޮތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ނިންމާފައިވަނީ މީގެ ކުރިންވެސް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އަމަލުކުރި ގޮތަށް ކުރިއަށްގެންދިއުމަށެވެ. އެގޮތުން އާންމު ކޮމިޓީން ނިންމީ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހުގައި ޖަވާބުދާރީވުމަށް 30 މިނިޓުގެ ވަގުތެއް ދިނުމަށެވެ.



ބަންޑާރަ ނާއިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި މަޖިލީހުން މިހާރު ވަނީ 14 ދުވަހުގެ ނޯޓިސްއެއް ފޮނުވާފައެވެ.

އިދިކޮޅު ފަރާތްތަކުން އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފައިވީނަމަވެސް އެ މައްސަލަ ކާމިޔާބުނުވާނޭކަމަށް ސަރުކާރުން ބުނެއެވެ،



ކިޔުންތެރިންގެ ހިޔާލު