ފ. އަތޮޅު ހިމިތީ ކައިރީ ކަނޑު އަޑީގައި ފޮރުވާފައި ހުރި ގިނައަދަދެެއްގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ، ފ އަތޮޅު ހިމިތީ ކައިރީ ކަނޑު އަޑިއަށް މަސްތުވާތަކެތި ފައްތާފައި ހުރިކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފ އަތޮޅު ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެތިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާކަމަށެވެ.

ނަމަވެސް ހޯދާފައިވަނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއްކަން ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. ފުލުހުން ބުނީ އެތަކެތި މިހާރު ހުރީ ފުލުހުންގެ ބެލުމުގެދަށުގައި ކަމަށެވެ.

ހިމިތީ ކައިރިން މަސްތުވާތަކެތި ފެނިފައިވަނީ ފ. ފީއަލިން ފާނައިގެ މަސްވެރިކަން ކުރަން ގޮސް އުޅުނު ބަޔަކަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު