ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާ ޔުނިޓްތައް އަތުލުމަށް އަރބަންކޯއިން ނިންމައިިފިއެވެ.
އަރބަންކޯއިން ހަދާފައިވާ އުސޫލުތަކާއި ހިލާފަށް ހިޔާ ދެ އެޕަރޓްމަންޓެއްގެ މެދު ފާރު ތަޅާލައި، 4 ކޮޓަރީގެ އެއް އެޕާޓްމަންޓަށް ބަދަލުކޮށްފައިވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
މި މައްސަލަ ބެލުމަށް ފަހު ކޮންމެ އެޕާރޓްމަންޓެއް، 100،000ރ އިން ޖޫރިމަނާކޮށް، ފަސް ދުވަހުގެ ތެރޭގައި ދެ ފަރާތުން ވެސް އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ. އަދި 10 ދުވަހުގެ ތެރޭގައި އެޕާޓްމަންޓް ހަވާލުކުރެވުނުއިރު ހުރި ގޮތަށް އިޔާދަކުރުމަށްވެސް ވަނީ އަންގާފައެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރާކަމަށް އަރބަންކޯއިން ބުނެއެވެ.
އަރބަންކޯއިން ބުނީ އެކަން އެގޮތަށް ކޮށްފައި ނުވާތީ، 14 ދުވަސް ތެރޭގައި އެ ކޯޕަރޭޝަނާ ފުލެޓް ހަވާލުކުރުމަށް ފްލެޓްގެ ވެރިފަރާތަށް މިއަދު އަންގާފައިވާކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ތަނުން އެއް ފްލެޓަކީ "ހިޔާ ޔޫނިއަން"ގެ ނައިބު ރައީސް އަހުމަދު ޝަމާލުގެ ފްލެޓެވެ. އަދި އަނެއް ފްލެޓްގައި ދިރިއުޅެނީ އޭނާގެ އާއިލާގެ ބައެކެވެ. އަދި ޝަމާލްގެ ފްލެޓަށް ގަވާއިދުން ކުލިވެސް ނުދައްކާކަން ވަނީ އެނގިފައެވެ.

ކިޔުންތެރިންގެ ހިޔާލު