ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މައުލޫމާތު އެއްކުރުމަށް ވެރިކަންކުރާ އެމްޑީޕީން ރާއްޖޭގެ ހުރިހާ ރަށަކަށް ކުރާ ކެމްޕެއިން ދަތުރުތަކެއް ފަށައިފިއެވެ.

އެމްޑީޕީން ބުނީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ރިޔާސީ 2 ދައުރު ކާމިޔާބުކުރުމަށް އެމްޑީޕީ ފަށާ ކެމްޕޭނަށް މަޢުލޫމާތު އެއްކުރުމަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަަކަށް ކުރާ ދަތުރުތަކެއް މިއަދު ފަށާފައިވާކަމަށެވެ.

އެމްޑީޕީން ބުނީ ރަށްރަށަށް ދަތުރުކުރާ އެމްޑީޕީގެ ވަފްދުތަކާއި އަތޮޅުތަކުންވެސް މަންދޫބުން ގުޅިވަޑައިގަންނަވާނެކަމަށެވެ.



މިއަދު ފެށި ދަތުރުތަކުގެ ތެރެއިން އެމްޑީޕީގެ މެމްބަރުން މިހާރުވެސް ގެންދަވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އިތުރުން، ދެކުނުގެ އަތޮޅުތަކުގައިވެސް ހަރަކާތްތެރިވަމުންނެވެ.

އެމްޑީޕީގެ ދަތުރުތަކުގައި މަޖިލިސް މެމްބަރުންނާއި ދާއިރާ ރައީސުންނާއި ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ސެޕްޓެމްބަރުމަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ޕާޓީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހެވެ. އަދާލަތު ޕާޓީއާއި އެމްޑީއޭއިން ވަނީ ރައީސް ސާލިހަށް ތާއީދުކުރާނެކަންވެސް ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު