ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެމަގާމުގައި ހުންނަވައިގެން ރާއްޖޭގެ ގާނޫނަށް ގޮންޖެއްސެވުމަކީ ވަރަށް ދެރަކަމެއް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލު ކުރައްވާ ބައެއް މެމްބަރުން ބަދަލުކުރުމަށް އެޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ހުށައެޅުމުން މަޖިލިސް ރައީސް، މުހައްމަދު ނަޝީދު ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. އެމައްސަލައާއި ގުޅިގެން "ރަސްއޮންލައިން" އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ޕާލަމެންޓްރީ ގުރޫޕުން ބޭނުންވި ގޮތަށް ކޮމިޓީތަކަށް ބަދަލު ގެންނަން ނަޝީދު ދެކޮޅު ހެއްދެވުމުން އެމަނިކުފާނަށް ގޮންޖެއްސެވެނީ ޕާލިމެންޓްރީ ގުރޫޕާއި އޭނާއަށް އެކަނި ނޫން ކަމަށެވެ. މަޖިލިސް ރައީސަކަށް ހުންނަވައިގެން އެމަނިކުފާނަށް ގޮންޖެއްސެވެނީ ދިވެހި ރާއްޖޭގެ ގާނޫނަށް ކަމަށާއި އެމަގާމުގައި ހުންނަވާ ބޭފުޅަކު ގާނޫނަށް ގޮންޖެއްސެވުމަކީ ވަރަށް ދެރަކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގެ ގަވާއިދާ ހަވާލާ ދެއްވައި އަސްލަމް ވިދާޅުވީ ޕާޓީއެއްގެ ޕާލަމެންޓްރީ ގުރޫޕުން އެދުމުން ކޮމިޓީތަކުން އެ ޕާޓީއަކުން ބޭނުންވާ ގޮތަށް މެމްބަރުން ބަދަލުކުރުމަކީ މަޖިލިސް ރައީސް ކުރަށްވަން ޖެހޭނެ ކަމެއް ކަމަށެވެ. އަދި އެކަން ނުކުރަށްވައި ހިފެހެއްޓެވުމަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން ރައީސަށް ލިބިވަޑައިގަންނަވާ އިޚުތިޔާރީ ބާރެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
"ގަވާއިދުގައި ވަކިގޮތަކަށް އޮއްވާ އަޅުގަނޑު އެހެން ނަހަދާނަމޭ އެހެން ބުނުމަކީ އަމިއްލަ ކަމެއް ނޫން، އެއްވެސް މަގާމެއްގައި ހުންނަވާ ބޭފުޅެއްގެ އަމިއްލަ ކަމެއް ނޫން، މަގާމު އަދާކުރަންޖެހޭނީ އެ އޮންނަ ގަވާއިދާ ހުދޫދުތަކުގެ ތެރެއިން ކަނޑައެޅި ބަޔާން ވެގެންވާ ގޮތުގެ މަތިން، އެމަނިކުފާނަށް (ނަޝީދަށް) އެހެން ވިދާޅެއް ނުވެވޭނެ، އެހެން އަމަލެއް ނުކުރެވޭނެ" ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީގެ މުގައްރިރުކަން ވެސް އަދާކުރަށްވާ އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ސޮއިކުރައްވައި މިދިޔަ އާދިއްތަ ދުވަހު މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި 13 ކޮމިޓީއެއްގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ މެމްބަރުންނަށް ބަދަލު ގެނެސް ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ. އޭގެ ތެރޭގައި ބައެއް ކޮމިޓީތަކުގެ މުގައްރިރުންނާއި ކޮމިޓީ މެމްބަރުން ހިމެނެ އެވެ.
މަޖިލިހުގެ ގަވާއިދުގައި ބުނާގޮތުން ކޮމިޓީގައި ހިމެނޭ އެ ޕާޓީއެއްގެ މެމްބަރެއްގެ ބަދަލުގައި އެ ޕާޓީގެ އެހެން މެމްބަރަކު ހަމަޖައްސައިދޭން އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން އެދެން ޖެހެނީ މަޖިލިހުގެ ރައީސްގެ އަރިހުގައެވެ. އެ ގޮތަށް ޕާލަމެންޓްރީ ގުރޫޕުން އެދުމުން އެ މެމްބަރެއްގެ އިއުތިރާޒެއް ނެތްކަން މަޖިލިހުގެ އިދާރާއިން ކަށަވަރު ކުރުމަށް ފަހު، މަޖިލިހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގުރޫޕްތަކުގެ ވެރިންނަށް މަޖިލިހުގެ ރައީސް އެކަން އަންގަވަން ޖެހޭކަމަށް ގަވާއިދުގައި ބުނެފައިވެއެވެެ.

ކިޔުންތެރިންގެ ހިޔާލު