އެމްޑީޕީ ހަލާކޮށްލީ އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ވެރިކަން ހޯދައިދޭން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.
ރޮޒައިނާ މިހެން ވިދާޅުވީ އެމްޑީޕީ ފުނޑާލީ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހަށް ވެރިކަން ހޯދައިދޭން ކަމަށް ވިދާޅުވެ މަޖިލީހުގެ ނާއިބް ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ދެއްކެވި ވާހަކައަށް ރައްދު ދެއްވަމުންނެެވެ. އީވާގެ ވާހަކަތަކަށް ރައްދު ދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެމްޑީޕީ ހަލާކޮށްލީ ރައީސް ނަޝީދަށް ވެރިކަން ހޯދައިދޭން ކަމަށެވެ. މިއީ އެންމެންނަށް ފެންނަން އޮތް އެންމެންނަށް އެނގޭ ހަގީގަތެއް ކަމަށް ރޮޒަައިނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ކުރިމަތިނުލެވޭނަމަ އެމްޑީޕީ ކެންޑިޑޭޓަކު ނުހުންނާނެ ކަމަށް ބަޔަކު ބުނަމުންދިޔަ ކަމަށެވެ.
"މިއޮއް ބޮޑު ޕާޓީގެ ޑިމްކޮރަސީ އަކީ އަސާސަކީ އެއީތޯ.. ބައެއްގެ ހިތްވަރުން އޭރުވެސް ކެންޑިޑޭޓަކު ނެރެވުނީ،" ރައީސް ނަޝީދު ޖަލު ހުކުމެއްގައި ހުންނެވުމުން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިފައިވާތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އޭރުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވި ގޮތަށް އިޝާރަތް ކުރަށްވައި ރޮޒައިނާ ވިދާޅުވިއެެެވެ.
"ފިކުރެއްގެ ދިރުން" ފެކްޝަނުގައި މަސައްކަތް ކުރައްވާ 12 މަޖިލިސް މެމްބަރަކު އެމްޑީޕީން އިސްތިއުފާ ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވިދާޅުވީ އެމްޑީޕީއަށް މިއަދު ވެފައި އޮތް ގޮތް ބަލާލަންޖެހޭ ކަމަށާއި ރައީސް ސޯލިހު ދިފާއުކުރުމަށްޓަކާ މުޅި ޕާޓީ މިހާރު ފުނޑާލާފައިވާ ކަމަށެވެ. އެމްޑީޕީ ފުނޑާލުމުގެ އިތުރުން އެ ޕާޓީގެ ހުރިހާ އަސާސްތަކެއް ވެސް މިއަދު ފުނޑާލާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު