އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނަށް ދެން ވެސް ހެދޭނީ ގޭ ބަދިގެ ޕާޓީ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް މިރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި މަސައްކަތް ކުރައްވާ 12 މަޖިލިސް މެމްބަރަކު މިއަދު ވަނީ އެމްޑީޕީން އިސްތިއުފާ ދެއްވާފައެވެ. އެ 12 ބޭފުޅުންގެ ފަރާތުން މިއަދު ވަނީ "ފިކުރެއްގެ ދިރުން" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ނިންމައި ރިޔާސީ އިންތިޚާބަށް ކެންޑިޑޭޓަކު ނެރޭނެކަންވެސް ހާމަކޮށްފައެވެެ.
އެކަމާ ގުޅިގެން "ރަސްއޮންލައިން" ގައި ޝާއިއު ކުރި ޚަބަރެއް ޓުވީޓާގައި ހިއްސާކުރަށްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެމްޑީޕީގައި ނަޝީދު ނޫން މީހަކު ނެތް ކަމަށް ބަލައިގެން އަމިއްލަ ގޭ ބަދިގެ ތެރެއިން ޕާޓީ ހިންގަވާފައި ވާދަވެރި އިންތިހާބަކާއި ޕާޓީން އަލަށް ކުރިމަތިލީ ފަހަރު ބަލިވުމުން އެކަން ހަޖަމު ނުވި ބަޔަކަށް ހެދޭނެ ޑިމޮކްރެޓިކް ޕާޓީއެއް ނޯންނާނެ ކަމަށެވެ.
"ފޮޓޯ އިން ތި ފެންނަ ގޭ ބަދިގެ ޕާޓީ ދެން ވެސް ހެދޭނީ." މަޖިލީހުގެ ރައީސް ނަޝީދާއި ނާއިބް ރައީސް އީވާއާއި، އެމްޑީޕީގެ ކުރީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ފެންނަ ފޮޓޯ އަކަށް އިޝާރަތް ކުރަށްވައި ރޮޒެއިނާ ވިދާޅުވި އެވެ.
ފިކުރެއްގެ ދިރުމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ، އަންނަ ހަފުތާގެ ތެރޭގައި އިދާރީ ކަންތައްތައް ހަމަޖައްސައި ފިކުރެއްގެ ދިރުމުން އުފައްދާ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރަން އެދޭ ފޯމު ހުށަހަޅާނެ ކަމަށެވެ. އޭގެ ފަހުން ޕާޓީއަށް ހަމަކުރަން ޖެހޭ 3،000 މީހުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށައި ޕާޓީ ރަޖިސްޓްރީ ކުރާނެ ކަމަށް ވެސް ލަބީބް ވިދާޅުވި އެވެ.

Party ga R Nasheed noon meehaku neikamah balaigen amilla geybadhige therein party hingavaafa, vaadhaveri inthihaabaka party in alah kurimathilee faharu baliveema ekan hajamunuvi bayakah kon democratic party ehtho hedheynee? Photo in thifenna gey badhige party dhenves hedheynee! pic.twitter.com/b2uOnHks70
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 17, 2023
"ފޮޓޯ އިން ތި ފެންނަ ގޭ ބަދިގެ ޕާޓީ ދެން ވެސް ހެދޭނީ." މަޖިލީހުގެ ރައީސް ނަޝީދާއި ނާއިބް ރައީސް އީވާއާއި، އެމްޑީޕީގެ ކުރީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަލީ އާޒިމް ފެންނަ ފޮޓޯ އަކަށް އިޝާރަތް ކުރަށްވައި ރޮޒެއިނާ ވިދާޅުވި އެވެ.
ފިކުރެއްގެ ދިރުމުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ، އަންނަ ހަފުތާގެ ތެރޭގައި އިދާރީ ކަންތައްތައް ހަމަޖައްސައި ފިކުރެއްގެ ދިރުމުން އުފައްދާ ސިޔާސީ ޕާޓީ ރަޖިސްޓްރީކުރަން އެދޭ ފޯމު ހުށަހަޅާނެ ކަމަށެވެ. އޭގެ ފަހުން ޕާޓީއަށް ހަމަކުރަން ޖެހޭ 3،000 މީހުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށައި ޕާޓީ ރަޖިސްޓްރީ ކުރާނެ ކަމަށް ވެސް ލަބީބް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު