މަގާމު ދިފާއު ކުރަން ސިޔާސީ ކަސްތޮޅެއްގައި ނުހުންނަވާނެ ކަމަށް މަޖިލީހުގެ ނާއިބް ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ވަކިވެވަޑައިގަތުމާ ގުޅިގެން މަޖިލީހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރަން މަސައްކަތް ކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިހާރު ވަނީ މަސައްކަތް ފަށާފައެެވެ.
ފިކުރެއްގެ ދިރުމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ނާއިބް ރައީސް އީވާ އަބުދުﷲ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. އެހެން ނަމަވެސް މަގާމު ދިފާއުކުރަން ސިޔާސީ ކަސްތޮޅެއްގައި ނުހުންނަވާނެ ކަމަށް އީވާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވަޒީފާގެ ބޭނުމުގައި މަދު ބަޔަކު ޕާޓީ ހިސޯރުކޮށްގެން އެބަތިބި ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ ގިނަ މެމްބަރުންނަކީ ޕާޓީ އުފެއްދި އަސާސްތަކުގައި ހިފަހައްޓައިގެން ތިބެން ބޭނުންވާ މެމްބަރުން ކަމަށް އީވާ ވިދާޅުވިއެވެ.
މީގެ އިތުރުން އީވާ ވިދާޅުވީ ރައީސް ސޯލިހު ދިފާއުކުރުމަށްޓަކާ މުޅި ޕާޓީ މިހާރު ފުނޑާލާފައިވާ ކަމަށެވެ. އެމްޑީޕީ ފުނޑާލުމުގެ އިތުރުން އެ ޕާޓީގެ ހުރިހާ އަސާސްތަކެއް ވެސް މިއަދު ފުނޑާލާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.
"ރަސްއޮންލައިން" އަށް ދެއްވި ޚާއްސަ އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ނައިބް ރައީސް ކަމުގައި ހުންނަވަންޖެހޭނީ އެމްޑީޕީގެ ބޭފުޅެއް ކަމަށެވެ. އެހެންކަމުން އީވާ އެ ޕާޓީން ވަކިވެވަޑައިގެންފައިވާތީ އޭނާ މަޖިލީހުގެ ނާއިބު ރަައީސްކަމުގެ މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީން ކުރާނެ ކަމަށް އަސްލަމް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު