ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގައި ވަކި ޖަމާއަތެއް ހަދައިގެން މަސައްކަތް ކުރާ ބަޔަކު ވަކިވި ނަމަވެސް ޕާޓީއަށް ލިބޭނެ ގެެއްލުމެއް ނެތް ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިންގަވާ "ފިކުރެއްގެ ދިރުމުގައި" އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު މިއަދު ވަނީ އެޕާޓީން އިސްތިއުފާ ދެެއްވާފައެވެ. އެކަމާ ގުޅިގެން "ރަސްއޮންލައިން" އަށް މިއަދު ހަވީރު ދެއްވި ޚާއްސަ އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ އެއްވެސް މެމްބަރަކު ޕާޓީން ވަކިވެގެންދިޔުމަކީ ހިތާމަ ކުރަށްވާ ކަމެއް ކަމަށެވެ.
އަސްލަމް ވިދާޅުވީ މިއަދު ޕާޓީން އިސްތިއުފާ ދެއްވި މެމްބަރުން މަޖިލީހަށް އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓްގައި ކަމަށާއި، އެބޭފުޅުން ޕާޓީން ވަކިވެވަޑައިގަތުމަކީ އެ މެމްބަރުންގެ އިންޓަގްރިޓީ ނުވަތަ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދޭނެ ކަމެއް ކަމަށެވެ. އަދި މިއަދު ޕާޓީން ވަކިވެވަޑަައިގެންނެވި ބޭފުޅުންނަކީ އެޕާޓީއާއި ވަރަށް ދުރުން މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށާއި އެކަމުގެ ސަބަބުން ވޭތުވެ ދިޔަ ދުވަސްތަކުގައި ވަރަށް ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދިޔަކަން އަސްލަމް ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީގައި ވަކި ޖަމާއަތެއް ހައްދަވައިގެން އުޅުއްވާ ބޭފުޅުން ކޮޅެއް ޕާޓީން ވަކިވެވަޑައިގަތުމަކުން ލިބޭނެ ގެއްލުމެއް ނެތް ކަމަށާއި އޭގެ ބަދަލުގައި އެމްޑީޕީ ވަރުގަދަވެގެންދާނެ ކަމަށް ގަބޫލު ކުރަށްވާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
"އެމްޑީޕީގެ އެތެރޭގައި ތިބެ ޕާޓީ އާއި ގުޅިގެން މަސައްކަތް ނުކޮށް ވަކި ޖަމާއަތެއް ހައްދަވައިގެން މަސައްކަތް ކުރަށްވާ ބޭފުޅުން ޕާޓީ އާއި ދުރަށް ދިޔުމަކުން ޕާޓީއަށް ވާނެ އެއްވެސް ގެއްލުމެއް ނެތް ކަމަށް އަޅުގަނޑު ދެކެނީ." އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން އަސްލަމް ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް މެމްބަރުންތަކެއް ޕާޓީން ވަކިވެވަޑައިގެންނެވި ނަމަވެސް މަޖިލީހުގެ ތެރެއިން ސަރުކާރަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށެވެ. އޭގެ ސަބަބުން ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މަޖިލީހުގެ ތެރެއިން ހުރަސް ނޭޅޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ. ސަރުކާރާއި ދެކޮޅު މެމްބަރުން ވަކިވެވަޑަައިގަތުމަކީ ސަރުކާރާއި އެއްކޮޅަށް ތިބި މެމްބަރުންގެ ހިތްވަރު އާލާވެގެންދާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ނޫން، ނޫން އެއްވެސް ހުރަހެއް އެޅޭތަނެއް އަޅުގަނޑަކަށް ނުފެނޭ، އަޅުގަނޑުމެން އިތުރަށް ވަރުގަދަވެގެންދާނެ ހިތްވަރު އާލާވެގެންދާނެ ކަމަށް އަޅުގަނޑު ދެކެނީ. އެއީ ޕާޓީގެ ތެރޭގައި ތިބެގެން ޕާޓީގެ ތެރޭގައި ވަރަށް ބޮޑަށް ފިތުނައަށް ވާގޮތަށް މަސައްކަތް ކުރަށްވާ ބޭފުޅުން ވަކިވީމާ ޕާލިމެންޓްރީ ގުރޫޕަށް ވެސް މާ ރަނގަޅުވާނެ ކަމަށް އަޅުގަނޑު ދެކެނީ." އަސްލަމް ވިދާޅުވިއެވެ.
އެމްޑީޕީގައި އުފެދިފައިވާ ދެ ފެކްޝަންގެ ތެރެއިން އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ތާއިދުކުރަށްވާ މަޖިލީހުގެ ބައެއް މެމްބަރުން ޕާޓީން ވަކިވެވަޑައިގެންފައިވާއިރު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއާއެކު އެމަނިކުފާނަށް ތާއިދުކުރާ މެމްބަރުން ގެންދެވީ ވަކި ޕާލިމެންޓްރީ ގުރޫޕެއް ހަދައިގެން ވަކިން ބައްދަލުވުންތައް ބާއްވައި ނިންމުންތައް ނިންމަމުންނެެވެ.

ކިޔުންތެރިންގެ ހިޔާލު