އެރިޓްރިއާގައި ހިފަހައްޓާފައިވާ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އޮފިޝަލަކު ވަރަށް އަވަހަށް އެރިޓްރިއާއަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ އެރިޓްރިއާގައި ދިވެހި އަދި މިޞްރު ފަޅުވެރިންނާއެކު އެފް.އެސް.އެމް އާއި ޕެޓްރޯލިއަމް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބޯޓުތަކެއް ހިފަހައްޓާފައިވާކަމުގެ މަޢުލޫމާތު އެ މިނިސްޓްރީއަށް ލިބުމާއެކު އެކަން ވަރަށް ގާތުން ބަލަމުންގެންދާކަމަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭން ބޭރުގައި ޤާއިމު ކުރެވިފައިވާ ދިވެހިރާއްޖޭގެ އެމްބަސީތަކުން އެޤައުމުތަކުގައި ހުރި އެރިޓްރިއާގެ އެމްބަސީތައް މެދުވެރިކޮށް އެރިޓްރިއާގެ ސަރުކާރާ ވާހަކަ ދައްކައިގެން އިތުރު މަޢުލޫމާތު ހޯދުމަށް އަންގާފައިވާކަމަށެވެ. އަދި އެބޯޓުތަކުގައި ތިބިކަމަށް މަޢްލޫމާތު ލިބިފައިވާ ދިވެހި ފަޅުވެރިންގެ ޙާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓްރީން ބުނެއެވެ.
މިގޮތުން، ނިއު ޔޯކުގައި ހުންނަ އެރިޓްރިއާގެ ދާއިމީ މިޝަނާއި ރާއްޖޭގެ ދާއިމީ މިޝަނުން ދަނީ މިމައްސަލައަށް އަވަސް ޙައްލެއް ހޯދޭތޯ ބަލަމުންކަމަށްވެސް މިނިިސްޓްރީން ބުނެއެވެ.
ހަމައެއާއިއެކު، ނިއުދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ދަނީ އެރިޓްރިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީ މެދުވެރިކޮށް އެރިޓްރިއާ ސަރުކާރުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްތައް ކުރަމުންކަމަށްވެސް މައުލޫމާތުދެއްވިއެވެ.
މިކަމާ ގުޅިގެން އެރިޓްރިއާގައި ތިބި ދިވެހި ފަޅުވެރިންނަށް ކޮންސިއުލަރ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އޮފިޝަލަކު ވަރަށް އަވަހަށް އެރިޓްރިއާއަށް ދަތުރެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބޯޓްތައް ހިފަހައްޓާފައިވަނީ މޫސުން ގޯސްވެގެން އެރިޓްރީއާގައި ބަނދަރުކުރުމުންނެވެ. އަދި އެފްއެސްއެމްގެ ދެ ބޯޓުގައި 4 ދިވެހިންނާއި 4 މިސްރު މީހުން އެބަތިއްބެވެ. ޕެޓްރޯލިއަމް ލިންކް ޕްރައިވެޓް ލިމިޓެޑްގެ ބޯޓުގައި ތިބި މީހުންގެ ތަފްސީލެއް ނޭނގެއެވެ.

ކިޔުންތެރިންގެ ހިޔާލު