އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާޢީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެ ޕާޓީގެ އިސް ބައެއް މެމްބަރުން އެމްޑީޕީން ވަކިވާން ސިޓީ ހުށަހަޅައިފިއެވެ.

ފިކުރެއްގެ ދިރުމުގައި ހިމެނިވަޑައިގެންނަވާ އެމްޑީޕީގެ މަޖިލިސް މެމްބަރުން ޕާޓީން ވަކިވާން ހުށަހަޅާފައިވަނީ އެ ފެކްޝަންގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިއްޔެ ޕާޓީން ވަކިކޮށްފައި ވަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީން ވަކިވާން ސިޓީ ފޮނުވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒާއި، މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲއާއި، އެސްޓީޢޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމުރު ހިމެނިވަޑައިގެންނަވައެވެ.

އެމްޑީޕީން ވަކިވާން ހުށަހެޅި މަޖިލިސް މެމްބަރުންގެ އަދަދު 12 އަށް އަރައެވެ.

ބެލެވޭ ގޮތުގައި އެ ބޭފުޅުން ޕާޓީން ވަކިވެވަޑައިގެންނަވާފައި މިވަނީ އެމްޑީޕީގެ ތެރޭގައި ވަކި ފިެކްޝަނެެއް ހަދައިގެން މަސައްކަތް ކުރައްވާތާ ގިނަ ދުވަސްތަކަކަށްފަހުއެވެ.

އެމްޑީޕީގެ މެމްބަރުންތަކެއް ޕާޓީން ވަކިވެފައިވާއިރު، ވަކިވި މެމްބަރުން ދިޔައީ ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާތަކެއްް ބާއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު