ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، އިނގިރޭސިވިލާތަށް އެންމެފަހުން ކުރެއްވި ދަތުރުފުޅުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދާއި ބައްދަލުކުރެއްވިކަމަށް ބުނެ ދައްކަމުންދާ ވާހަކަތައް ސަރުކާރުން ދޮގު ކޮށްފިއެވެ.
ސަރުކާރުން މިހެން ބުނެފައި މިވަނީ ރައީސް ސާލީހާއި އަލީ ވަހީދު އިނގިރޭސިވިލާތުގައި ބައްދަލުކުރެއްވިކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެނެވެ.
އެ މީޑިއާތަކުން ބުނާގޮތުގައި ރައީސް ސާލިހާއި އަލީ ވަހީދު ވަނީ ޔޫކޭގައި ބައްދަލުކުރަށްވާފައެވެ. އަދި އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރާ މައްސަލަތައް ނުބަލާނެކަމުގެ ޔަގީންކަން އަލީ ވަހީދަށް ދެއްވާފައިވާކަމަށްވެސް މީޑިއާގައިވެއެވެ. މީގެއިތުރުން އަލީ ވަހީދު ވަރަށް އަވަހަށް ރާއްޖެ ވަޑައިގެން ރައީސް ސާލީހުގެ ކެމްޕެއިން. ޓީމާއި ގުޅިވަޑައިގެންނަވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގުކޮށްފައެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއްކަމަށެވެ.
އަލީ ވަހީދަކީ މި ސަރުކާރުގެ އެންމެ ފުރަތަމަ ޓޫރިޒަމް މިނިސްޓަރެވެ. ނަމަވެސް ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އޭނާ މަގާމުން ވަކިކޮށް، އެ މައްސަލަ ބަލަމުންދަނިކޮށް އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާފައެވެ. އޭނާގެ ޝަރީއަތުގެ ބައެއް އަޑުއެހުންތައް އޮންލައިންކޮށް ގެންދިޔަ ނަމަވެސަ އޭނާ ރާއްޖެ ގެންނަން ކުރި މަސައްކަތުގައި ޕްރޮސިކިއުޓަރ ޖެނެރަލަށް މާބޮޑު ކާމިޔަބީއެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު