އިލެކްޝަންސް ކޮމިޝަން، އީސީގައި އޮންނަ އެމްޑީޕީގެ ދަފްތަރުން މެމްބަރު އަލީ އާޒިމް އުނިކޮށްފިއެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން އިއްޔެ ވަނީ އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފައެވެ. އަދި އެކަން އެ ޕާޓީން ވަނީ އިލެކްޝަނަށް އިއްޔެ އަންގާފައެވެ.

އީސީގެ އޮފިޝަލަކު ވިދާޅުވީ އެމްޑީޕީގެ ދަފްތަރުން އާޒިމްގެ ނަން އިއްޔެ އުނިކޮށްފައިވާކަމަށެވެ.

އަލީ އާޒިމް އެމްޑީޕީން ވަކިކުރީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއިކުރެއްވުމާއި ޗާގޮސް މައްސަލާގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުންނެވެ.

އެ މައްސަލައިގައި އޭނާއަށް އޭނާއަށް ފިޔަވަޅު އަޅައިދޭން، ފިޔަވަޅު އަޅާ ކޮމިޓީގައި އެދުނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުންނެވެ.

އެމްޑީޕީން ވަކިކުރިޔަސް، އަލީ އާޒިމް ބުނެފައިވަނީ އޭނާ ޕާޓީން ވަކިވިކަމަށް ނުދެކޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު