އެންވަޔަރަމަންްޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ހަަސަން މުޣުނީ އެ މަގާމުން ވަކިކޮށްފިއެވެ.

ރައީސް އޮފީހުން ވަނީ މުޣްނީ މަގާމުން ވަކިކުރެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ.

މުޣްނީ މަގާމުން ވަކިކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ވައްކަމުގެ ތުހުމަތު އެޅުވި މައްސަލައިގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.



މުޣްނީއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރު މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. އޭނާ ފުރަތަމަ އަދާކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރގެ މަގާމެވެ. ނަމަވެސް އޭނާ ފަހުން ވަނީ އެންވަޔަރަމަންްޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް ބަދަލުކުރައްވާފައެވެ.

ޖުމްހޫރީ ޕާޓީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓުވެސް ކަނޑައަޅާފައެވެ. އަދި އެޕާޓީން މިހާރު އަންނަނީ ރަސްމީކޮށް ރިޔާސީ ކެމްޕޭން ލޯންޗު ކުފުމަށް ތައްޔާރުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު