އަހުމަދު މަސްނޫމް   17 މޭ 2023 - 11:38
މާލެއިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކުރުމާއި ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދަނީ ދ. ކުޑަހުވަދޫ / ދިލްކަޝްވިލާ، ޢަލީ ޢާތިފް ސާފީ (30އ) ކަމަށެވެ.

ޢާތިފް ސާފީ، މެއި 12 ވަނަ ދުވަހުން ފެށިގެން ހަބަރެއް ނުވެ، ގެއްލިގެން އާއިލާގެ ފަރާތުން ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓްކޮށްފައިވަނީ މެއި 15 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އޭނާ އަކީ ރިސޯޓެއްގައި މަސައްކަތްކުރާ މީހެއްކަމާއި މެއި 11 ވަނަ ދުވަހު އޭނާ މާލެ އައިކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.



ފުލުހުން ބުނީ ޢަލީ ޢާތިފް ސާފީ ގެއްލިގެން ރިޕޯޓުކުރުމާ ގުޅިގެން ފުލުހުންގެ ކަމާއި ގުޅުންހުރި އެންމެހައި ބަހާތަކަށް އެކަމުގެ މަޢުލޫމާތު ފޯރުކޮށް، ޢަލީ ޢާތިފް ސާފީ ހޯދުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންކަމަށެވެ. ނަމަވެސް މިހާތަނަށް ފުލުހުންގެ އެކި ބަހާތަކުން ކުރެވުނު މަސައްކަތުން ޢާތިފް ހޯދިފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.



ޢަލީ ޢާތިފް ސާފީ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ކުޑަހުވަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792052 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.



ކިޔުންތެރިންގެ ހިޔާލު