އެމްޓީސީސީން ހިންގާ ހުނަވަރު ޕްރޮގްރާމްގެ ދަށުން ވެލްޑަރުން ތަމްރީންކުރުމުގެ ޕްރޮގްރާމަށް ބައިވެރިން ހޮވުމަށް އޯޕަން ޑޭ ސެޝަންތަކެއް 3 އަތޮޅެއްގައި ބާއްވަން އެކުންފުނިން ނިންމައިފިއެވެ.
އެމްޓީސީސީން ބުނީ އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެން 27 މެއިގެ ނިޔަލަށް ލާމު އަތޮޅާއި، އައްޑޫ ސިޓީ އަދި ފުވައްމުލަށް ސިޓީގައި ކަމަށެވެ. އަދި މުސްތަޤުބަލުގައި ރާއްޖޭގެ އެހެނިހެން އަތޮޅުތަކުގައިވެސް އެމްޓީސީސީ ހުނަވަރު ޕްރޮގްރާމަށް ބައިވެރިން ހޯދުމަށް އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވާކަމަށްވެސް އެކުންފުނިން ހާމަކޮށްފައިވެއެވެ.
އެމްޓީސީސީގެ އަމާޒަކީ މި ޕްރޮގްރާމް މެދުވެރިކޮށް "ވެލްޑަރ - ހުނަވަރު ޓްރެއިނީ" މަޤާމުގެ 15 ވެލްޑަރުން ތަމްރީން ކުރުމެވެ. މިއޯޕަން ޑޭ އާއި ބެހޭއިތުރު މަޢުލޫމާތު އެމްޓީސީސީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުން ވަނީ އާންމުކޮށްފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދަކީ އެމްޓީސީސީގެ އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިވިޜަނަށް ބޭނުންވާ ވެލްޑަރުން ހޯދުމެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 3 މަސް ދުވަހުގެ މުއްދަތަށެވެ. މި މުއްދަތުގެ ތެރޭ ރާއްޖޭގައި ތަމްރީންވުމަށްފަހު ވަޒީފާއަށް ހޮވޭ ފަރާތްތަކަށް ކުރިމަގުގައި ރާއްޖޭން ބޭރުގައި ތަމްރީންވުމުގެ
ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.
މި ޕްރޮގްރާމްގައި ބޮޑަށް އަހައްމިއްޔަތުކަން ދެވޭނީ އިންޑަސްޓްރިއަލް ވެލްޑިންގެ ފަންނު
ތަރައްޤީކުރުމަށެވެ. އެގޮތުން ކަނޑުގައި ދުއްވާ އުޅަނދުފަހަރު މަރާމާތުކުރުމާއި ބަނުމުގައި ކުރާ ވެލްޑިންގެ ހުނަރުތައް
ބައިވެރިންނަށް ދަސްކޮއްދެވޭނެއެވެ.
އެމްޓީސީސީން ވަނީ މި ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުޞަތު، ދެ ޖިންސުގެ 25 އަހަރުން ދަށުގެ ބައިވެރީންނަށް ހުޅުވާލާފައެވެ. އެމްޓީސީސީން ބުނީ މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކީ ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްޙަތެއްގައި ހުރި ފަރާތަކަށް ވުން މުހިންމުކަމަށާއި، އަދި އެއްގަމާއި ކަނޑުމަތީގައި މަސައްކަތް ކުރުމަށް ޝައުގުވެރިކަންހުރި، ކަނޑުމައްޗަށް ފަރިތަ މީހެއް ކަމުގައި ވާންވާނެކަމަށެވެ. މީގެ އިތުރުން، ހިސާބު، ފިޒިކްސް، ކެމިސްޓްރީ ހިމެނޭހެން އޯ ލެވެލް 3 މާއްދާއިން ފާސްވެފައިވާ ފަރާތްތަ ކަށް އިސްކަން ދެވޭނެކަމަށް އެކުންފުނިން ފާހަގަކޮށްފައިވެއެވެ.
މި ޕްރޮގްރާމަށް ހޮވޭބައިވެރިންނަށް 5،000 ރުފިޔާގެ އެޕްރެންޓިސްޝިޕް އެލަވަންސަކާއި 3،000 ރުފިޔާގެ އެކޮމޮޑޭޝަން އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޓްރެއިނިންގ ޕްރޮގްރާމް ކުރިއަށްދާނީ ތިލަފުށީގައި ހުންނަ އެމްޓީސީސީ ބޯޓުޔާރޑްގައެވެ.
އެެމްޓީސީސީ ހުނަވަރު ޕްރޮގްރާމް އިފްތިތާޙު ކުރީ 2018 ވަނަ އަހަރުއެވެ. އެގޮތުން އަހަރަކު ހަތަރު ފަހަރު ކުރިއަށް ގެންދާ ގޮތަށް މި ޕްރޮގްރާމް ވަނީ 2022 ވަނަ އަހަރު އިތުރަށް ފުޅާކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު