ދ. ކުޑަހުވަދޫގައި ތަރައްގީކޮށްފައިވާ ދާލު އެއަރޕޯޓާއި ޅ. މަޑިވަރު އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއަރޕޯޓާއި ޅ. މަޑިވަރު އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަަކަށް ހުޅުވާލާފައެވެ. މިމަޝްރޫއު ހުޅުވާލާފައިވަނީ ކްރޮސް ސަބްސިޑީގެ އުސޫލުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނެރުއްވި ޤަރާރެއްގެ ދަށުން ކްރޮސް ސަބްސިޑީ އުޞޫލުން ރާއްޖޭގެ 6 ސަރަޙައްދެއްގައި ތަރައްޤީކުރާ އެއަރޕޯޓްތަކާއި، މިހާރު ހުރި ބައެއް އެއަރޕޯޓްތައް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރެއްވުމަށްޓަކައި އެކަމަށް ބޭނުންވާ ފައިސާ ހޯދަން ވަނީ ހުޅުވާލާފައެވެ.
މި ޤަރާރުގައި ވާގޮތުން ދާލު އެއަރޕޯޓާއި ޅ. މަޑިވަރު އެއަރޕޯޓް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީ ކުރުމަށްޓަކައި ފައިނޭންސް ކުރެވޭ އެންމެ ކުޑަ އަގަކީ 5 މިލިއަން ޑޮލަރު ނުވަތަ 77 މިލިއަން ރުފިޔާއެވެ.
ދާލު އެއަރޕޯޓާއި މަަޑިވަރު އެއަރޕޯޓްގެ އިތުރުން، ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ފ. މަގޫދޫ، ތ. ވިލުފުށީ އަދި ރ. އަތޮޅު ދެކުނު ބިތުގައި ސަރުކާރުން ތަރައްޤީކުރާ އެއަރޕޯޓްވެސް ވަނީ ކްރޮސް ސަބްސިޑީގެ ދަށުން ތަރައްގީކުރުމަށް ހުޅުވާލައްވާފައެވެ.
މި އެއަރޕޯޓްތަކުގެ އިތުރުން ކައްދޫ އެއާޕޯޓާއި، މާފަރު ބައިނަލްއަޤްވާމީ އެއަރޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްވެސް ވަނީ ކްރޮސް ސަބްސިޑީގެ އުސޫލުން ތަރައްގީކުރުމަށް ހުޅުވާލާފައެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެކި ސަރަހައްދުތަކުގައި މިހާރުވެސް ދަނީ އެއަރޕޯޓްތައް ތަރައްގީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު