ހދ. ހަނިމާދޫން ފުރައިގެން ސީދާ ދުބާއީއަށް ދެވޭ ދުވަސް އޮތީ ގާތުގައި ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު މިރޭ ވިދާޅުވެއްޖެ އެވެ.
ބޮޑު ތިލަދުންމައްޗަށް ތަރައްޤީ ގެނައުމަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބިޔަ އެއް މަޝްރޫޢަކީ ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއެވެ. މި އެއާޕޯޓް ތަރައްގީ ކުރަން ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު ފައިސާއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއާ ގުޅޭގޮތުން ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ދާ ކަމަށެވެ. ބޮޑުތިލަދުންމަތީ ރައްޔިތުން ހަނިމާދޫން ފުރައިގެން ސީދާ ދުބާއީ، މުންބާއީ، އަދި ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
"ދުނިޔޭގެ އެކި ޤައުމުތަކުން ފްލައިޓްތައް އައިސް ތިލަދުންމަތީގެ ގެސްޓްހައުސްތައް ފުރާލާ ދުވަސް އޮތީ ދާދި ގާތުގައި." ސްޓޭޓް މިނިސްޓަރ ވިދާޅުވި އެވެ.
މި ޕްރޮޖެކްޓުގެ ދަށުން އެއާޕޯޓުގެ ރަންވޭ މަސައްކަތާއި، އެއާޕޯޓުގައި ގާއިމުކުރަން ހަމަޖެހިފައިވާ އެކި އިމާރާތްތަކާއި އަދި ބިން ހިއްކައިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
އިކޮންމިކް މިނިސްޓްރީން މީގެ ކުރިން ބުނީ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ނިންމާފައިވާ ކަަމަަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އެއާޕޯޓަކީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކު ގާއިމްކުރާ އެެއާޕޯޓެކެވެ.

ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށް. ބޮޑުތިލަދުންމަތީ ރައްޔިތުން ހަނިމާދޫއިން ފުރައިގެން ސީދާ ދުބާއީ، މުންބާއީ،ބެންކޮކަށް ދާ ދުވަސް އޮތީ ދާދި ގާތުގައި. ދުނިޔޭގެ އެކި ޤައުމުތަކުން ފްލައިޓްތައް އައިސް ތިލަދުންމަތީގެ ގެސްޓްހައުސްތައް ފުރާލާ ދުވަސް އޮތީ ދާދި ގާތުގައި https://t.co/iHT7p7gsTY
— Mohamed Iaad Hameed (@iaadMV) May 16, 2023
"ދުނިޔޭގެ އެކި ޤައުމުތަކުން ފްލައިޓްތައް އައިސް ތިލަދުންމަތީގެ ގެސްޓްހައުސްތައް ފުރާލާ ދުވަސް އޮތީ ދާދި ގާތުގައި." ސްޓޭޓް މިނިސްޓަރ ވިދާޅުވި އެވެ.
މި ޕްރޮޖެކްޓުގެ ދަށުން އެއާޕޯޓުގެ ރަންވޭ މަސައްކަތާއި، އެއާޕޯޓުގައި ގާއިމުކުރަން ހަމަޖެހިފައިވާ އެކި އިމާރާތްތަކާއި އަދި ބިން ހިއްކައިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ.
އިކޮންމިކް މިނިސްޓްރީން މީގެ ކުރިން ބުނީ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2460 މީޓަރުގެ އާ ރަންވޭއަކާއި، 111،000 އަކަފޫޓުގެ ޒަމާނީ ޓާމިނަލެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި 624،000 އަކަފޫޓުގެ އޭޕްރަން އަކާއި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ވެސް ގާއިމުކުރުމަށް ނިންމާފައިވާ ކަަމަަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މި އެއާޕޯޓަކީ އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ވަސީލަތްތަކާއެކު ގާއިމްކުރާ އެެއާޕޯޓެކެވެ.
ކިޔުންތެރިންގެ ހިޔާލު