ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައިފި އެވެ.

އިލްމުވެރިންގެ ގުޅުމުން ބުނީ މި ބައްދަލުވުމަކީ ކަނޑުގެ މައްސަލައިގައި ޢިލްމުވެރިންގެ ފަރާތުން ކުރިއަށް ގެންދާ މަޢުލޫމާތު އެއްކުރުމުގެ ސިލްސިލާގެ ތެރެއިން ސަރުކާރަށް ހުށައަޅަން ހުރި ސުވާލުތައް ހުށައެޅުމަށާއި ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރަން ހުރި ކަންބޮޑުވުންތައް ހިއްސާކުރުމަށްޓަކައި އެމަނިކުފާނާއެކު ބޭއްވި ބައްދަލުވުމެއް ކަމަށެވެ.



މި ބައްދަލުވުމުގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ބައެއް ކަންކަން ވަނީ ރައީސަށް ހުށަހަޅާފަ އެވެ. އޭގެތެރޭގައި ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާ ކުރުމާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ސަރަހައްދާމެދު އިޓްލޮސްއިން ނިންމާފައިވާ ނިންމުން މުރާޖައާ ކުރުމަށް ހުށައެޅުމާއި އިލްމުވެރިންގެ ގުޅުމުގެ އިސްނެގުމާއެކު އީއީޒެޑް މައްސަލައިގައި ސަރުކާރުގެ ނިންމުމާއި ދެކޮޅު ފަރާތްތަކާއެކު ސަރުކާރުން ޕަބްލިކް ޑިބޭޓަކަށް ދިޔުން ހިމެނޭކަމަށް އިލްމްވެރިންގެ ގުޅުމުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު