ބިން ހިއްކާ ނިމުމުން އައްޑޫ ސިޓީއަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ބިން ހިއްކުމުގެ މަސައްކަތުގެ ފަހުގެ މައުލޫމާތު ދެއްވަމުން ނިޒާރު ވިދާޅުވީ ބިން ހިއްކާ ޒޯންތަކުގެ ބަންޑު ވޯލްތައް ޖެހުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށެވެ.
ނިޒާރު ވިދާޅުވީ އައްޑޫސިޓީގައި ސަރުކާރުން ހިންގަމުން ގެންދާ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއަކީ އައްޑޫ ބިން ހިއްކުމުގެ މަސައްކަތްކަމަށެވެ.
ނިޒާރު ވިދާޅުވީ ބިން ހިއްކުމަށް ގެނެވޭ ޑްރެޖަރގެ ޕައިޕްލައިންތައް ހަރުކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ހިނގަމުންދާކަމަށެވެ. އަދި ޖޫން މަހުގެތެރޭގައި ބިން ހިއްކުމުގެ މަޝްރޫއުގެ ތެރެއިން، ބިން ހިއްކުމާއި ޑްރެޖް ކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީން ޖުމްލަ 193 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައި ވާއިރު 11 ކިލޯމީޓަރުގެ ސަރަހައްދެއްގައި ގޮނޑުދޮށް ހިމާޔަތްކޮށް، ހިތަދޫއިން 90 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މަރަދޫ އަދި މަރަދޫފޭދޫ އިން 76 ހެކްޓަރ އަދި ޓުއަރިޒަމަށް ޚާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށް ހިއްކުމަށް ހަމަޖެހިފައިވާ ކަމަށްވެސް ނިޒާރު ވިދާޅުވިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ޖުމުލަ 194.3 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފައެެވެ. މިއީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެގޮތުން ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުމާއި ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ބިން ހިއްކުން ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން މަރަދޫ/ މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުމާއި ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކަން ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު