އަހުމަދު މަސްނޫމް   16 މޭ 2023 - 7:18
އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ބަޔަކު ޖުމްހޫރީ ޕާޓީއަށް ރޭ ސޮއިކޮށްފިއެވެ.

ޖޭޕީން ބުނީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތުގެ ދަށުން އެ ޕާޓީއަށް ރޭވެސް މަޝްހޫރު ބަޔަކު ސޮއިކޮށްފައިވާކަމަށެވެ.

ޖޭޕީޢަށް ރޭ ސޮއިކޮށްފައިވަނީ ރާއްޖޭގެ މަޝްހޫރު ގޯލްކީޕަރ ހަސަން ރަމީޒް (ޓިމޯ)، މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު އަދި ކުރީގެ ޗީފް ޕްރިޒަންސް އޮފިސަރ މުޙައްމަދު ތައުފީގެވެ.



މި ބޭފުޅުން ޕާޓީއާ ގުޅިވަޑައިގަތުމަށްފަހު ޕާޓީގެ ފޯމް ހަވާލުކޮށްފައިވަނީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއާއެވެ.

ޖޭޕީން ދަނީ ކުރިއަށް އޮތް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ޕާޓީ ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު