ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމްގެ ރިޔާސީ ކެމްޕޭން ރާއްޖޭގެ އުތުރުގައި ކުރިއަށްގެންދާނެ ގޮތާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ރޭ ބާއްވަވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައެވެ.
ޖުމްހޫރީ ޕާޓީން ބުނީ މިއީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމްގެ ކެމްޕޭނާއި ގުޅޭގޮތުން އުތުރުގެ ދާއިރާތަކުގެ މަސައްކަތް ރާވާލުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި ބައްދަލުވުމުގައި އިސްކޮށް ހުންނެވީ ޖޭޕީގެ ރިޔާސީ ކެމްޕެއިންގެ އުތުރުގެ ކެމްޕޭން މެނޭޖަރ އަމީން އިބްރާހީމެވެ.
މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރ އަދި ޕާޓީގެ ޑެޕިއުޓީ ލީޑަރ އާއިޝަތު ނަހުލާއާއި، ކެމްޕެއިން ޓީމުގެ ގިނަ މެމްބަރުންތަކެއް ބައިވެރިވެވަޑައިގަތެވެ.
ޖޭޕީން ކުރިއަށްގެންދާ ކެމްޕެއިންގައި ރާއްޖޭގެ އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް އަމީން ވަނީ ހަމަޖައްސާފައެެވެ. އަމީންއާ ހަވާލުކޮށްފައިވާ އަތޮޅުތަކަކީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން މާލޭގެ ދެ ބައިކުޅަ އެއްބައެވެ.
ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަވާނީ މެނޭޖަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ އިލްހާމާއި އަމީންއެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނު ބަހާލައިގެން ބާއްވާ ހަރަކާތްތަކުގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ހިންގާނީވެސް އިލްހާމާއި އަމީން ކަމަށްވެސް ޖޭޕީން ބުނެއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 1 ވަނަ ދުވަހުއެވެ.

ޖޭޕީ ލީޑަރ އޮނަރަބަލް ޤާސިމް އިބްރާހީމްގެ ކެމްޕޭނާއި ގުޅޭގޮތުން އުތުރުގެ ދާއިރާތަކުގެ މަސައްކަތް ރާވާލުމުގެ ބައްދަލުވުން މ. ކުނޫޒުގައި ބާއްވައިފިއެވެ. މި ބައްދަލުވުން ލީޑްކުރެއްވީ އުތުރުގެ ކެމްޕޭން މެނޭޖަރ އަމީން އިބްރާހީމެވެ.
— ali solih (@alisolih) May 15, 2023
އަދި މި ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރ… pic.twitter.com/EJj9qTfRa1
ޖޭޕީން ކުރިއަށްގެންދާ ކެމްޕެއިންގައި ރާއްޖޭގެ އުތުރުގެ ކެމްޕެއިން މެނޭޖަރަކަށް އަމީން ވަނީ ހަމަޖައްސާފައެެވެ. އަމީންއާ ހަވާލުކޮށްފައިވާ އަތޮޅުތަކަކީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން މާލޭގެ ދެ ބައިކުޅަ އެއްބައެވެ.
ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަވާނީ މެނޭޖަރުންގެ ގޮތުގައި އައްޔަންކޮށްފައިވާ އިލްހާމާއި އަމީންއެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނު ބަހާލައިގެން ބާއްވާ ހަރަކާތްތަކުގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ހިންގާނީވެސް އިލްހާމާއި އަމީން ކަމަށްވެސް ޖޭޕީން ބުނެއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 1 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު