ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅޭ ގޮތުން ކުރީގެ ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކިތަކާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުން ނިންމި ނިންމުމާއި އެހުކުމަށް ތާއިދު ކޮށް ހައިކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތް ކަމަށް ސްޕްރީމް ކޯޓުން ޙުކުމްކޮށްފިއެވެ.
ސްޕްރީމް ކޯޓުން މިރޭ އެގޮތަށް ހުކުމްކުރީ އެމައްސަލަ ބެއްލެވި އެކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެެވެ.
މައްސަލަ ޔާމިންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ދައުލަތުން ހުށަހެޅި ބައެއް ހެކި ބަލައިނުގަތުމަށާއި ދައުލަތުގެ ބައެއް ހެކިތައް ސިއްރުނުކޮށް ހާމަކޮށްދިނުމަށް އެދި ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި ހުށަހެޅުން ކްރިމިނަލް ކޯޓުން ޤަބޫލުނުކުރި ކަމަށް ބުނެއެވެ.
ހުކުމް އިިއްވަމުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ގުޅުން އޮތް ހެއްކާ ގުޅޭ ކަންކަމަކީ ކޮބައިކަން ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ގަޒިއްޔާތަކާއި، ހެއްކާބެހޭ ޤާނޫނާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެގޮތުން ގުޅުން ހުރި ވާޤިއާ (ފެކްޓްސް) އާއި، ގުޅުން ނެތް ވާޤިއާއެއް ގުޅުންހުރި ވާޤިއާއަކަށް ބަދަލުވެދާނެ ޙާލަތްތަކާއި، ނިޔަތާ ގުޅުންހުރި ވާޤިއާ ތަކަކީ ކޮބައިކަން ޤާނޫނުގެ އަލީގައި ފަނޑިޔާރު ވަނީ ތަފްސީލް ކޮށްދެއްވާފައެވެ.
ގުޅުންހުރި ހެކިތަކަކީވެސް ޤާނޫނީ ޝަރުތުތައް އޭގައި ފުރިހަަމަވާން ޖެހޭ ހެކިތަކަކަށް ވާން ޖެހޭނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. މިސާލަކަށް އެއީ ޤާނޫނާ އެއްގޮތަށް ހޯދާފައިވާ ހެކިކަމަށް ވުން ފަދަ ޝަރުތުތައް ފުރިހަމަވާން ޖެހޭނެކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ގުޅުންހުރި ހެކި ބަލައިގަތުމަށްފަހު، އެ ހެކިބަހަށް ދޭންވާ ބުރަދަން ނިންމަވާނީ ފަނޑިޔާރު ކަމަށާއި، އެކަން ކުރާނީ ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށްކަމަށް ފަނޑިޔާރު ވިދާޅުވިއެވެ. ގުޅުން ނެތް ހެއްކެއް ބަލައިގެންފައިވާ ޙާލަތުގައިވެސް، އޭގެ ސަބަބުން މުޅި މައްސަލައިގެ ނިންމުމަށް އަސަރުކޮށް، އަދުލު އިންސާފު ގެއްލިގެން ގޮސްފައިނުވާނަމަ، ޝަރީއަތް ކުރާ ކޯޓުގެ ނިންމުން އިސްތިއުނާފީ ކޯޓުން ބަދަލު ކުރަން ނުޖެހޭނެކަމަށް ސުއޫދު ވިދާޅުވިއެވެ.
އަދީބާއި ޒިޔަތަކީ ޔާމީނާމެދު އަދާވަތްތެރިކަން އޮތް ފަރާތްތަކެއްކަން ބަޔާންކުރައްވައި، އެމީހުންގެ ހެކިބަސް ބަލައިނުގަތުމަށް ޔާމިން ފަރާތުން ވަނީ އެދިވަޑައިގެންފައެވެެ.
އެނުކުތާގައި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، ހެއްކާބެހޭ ޤާނޫނުގެ އުސޫލުތައް މާޒީއަށް ތަތުބީޤު ކުރުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށެވެ. ފުއްގިރި މައްސަލައިގައި އަދި ހެކިބަސްވެސް ނަގާފައިނުވާކަން ފާހަގަ ކުރައްވައި ފަނޑިޔާރު ވިދާޅުވީ، ހެކިތަކުގައި އަދާވަތްތެރިކަމާއި ގުޅޭގޮތުން ޝަރީއަތުގައި ތައުނު ކުރުމުގެ ފުރުސަތު ޔާމީނަށް ގެއްލިގެން ގޮސްފައިނުވާކަމަށެވެ. ވުމާއެކު އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ހެކި ހާމަ ކުރުމާ ގުޅޭ ނިންމުންތައް ނިންމާއިރު، ގުޅުން ހުރި ހެއްކެއްތޯ ބެލުމާއި، އެއީ ހާމަ ކުރެވޭ ބާވަތުގެ ހެއްކެއްތޯ ބެލުމަކީ ކުރަންޖެހޭނެ ކަމެއްކަމަށް ފަނޑިޔާރު ސުއޫދު ވިދާޅުވިއެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، މި ނުކުތާއާ ގުޅިގެން ދަށު ކޯޓުންނާއި ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 129 ވަނަ މާއްދާ މާނަަކޮށްފައިވަނީ ރަނގަޅަށްކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ކްރިކް ރިޒާގެ ފަރާތުން އިސްތިއުނާފު ހުށަހަޅާފައިވަނީ މައިގަނޑު 4 ކަމެއްގެ މައްޗަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ދައުވާ ހުށައެޅުމުގައި އުނިކަމެއްވާކަމަށް ބަޔާންކޮށް ހުށައެޅި 2 ހުށައެޅުމަކާއި، ހެއްކާ ގުޅޭ 2 ހުށަހެޅުމަކާއި ގުޅިގެން ދަށު ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުންވެސް ތާއީދުކޮށްފައިވާތީ އިސްތިއުނާފު ކުރި ނުކުތާތަކެެވެ.
ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ޔާމީނުގެ މައްސަލައާއި ކްރިކް ރިޒާގެ މައްސަލައިގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް އޮތްކަަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ވަނީ ތާއީދު ކުރައްވާފައެވެ.
ފަނޑިޔާރު ހުސްނުއްސުއޫދުގެ އިތުރުން މި މައްސަލައިގެ ބެންޗުގައި ހިމެނެނީ ފަނޑިޔާރު ޑރ މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު