ދިވެހިރާއްޖެއާއި ޗާގޯސްއާއި ދެމެދު އޮތް ކަނޑުގެ ފުށުއަރާ ސަރަހައްދާއި ގުޅޭގޮތުން އިޓްލޮސްއިން ނިންމި ނިންމުމާއި ގުޅޭ ޤާނޫނީ ރަޢުޔެއް ނެރުމަށް ނިންމާފައިވާ ކަމަށް ބާ ކައުންސިލުން ބުނެފިއެވެ.
ބާ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖެއާއި ޗާގޯސްއާއި ދެމެދު އޮތް ކަނޑުގެ ސަރަހައްދާއި ގުޅޭގޮތުން އިޓްލޮސްއިން ނިންމި ނިންމުމާއި ގުޅޭ ޤާނޫނީ ރަޢުޔެއް އެ ކައުންސިލުން ނެރެން ނިންމީ ކައުންސިލް މެންބަރަކު އެގްޒެކެޓިވް ކޮމެޓީއަށް ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.
ބާ ކައުންސިލުން ނެރުނު އެ ބަޔާނުގައި ބުނިގޮތުގައި އެ މައްސަލާގައި ބާ ކައުންސިލުގެ ޤާނޫނީ ރަޢުޔެއް ނެރުމަށް މެންބަރު އެދިފައިވާ މައްސަލަ ބަލައިގަނެ ލޯ ރިފޯމް އެންޑް ރިސާޗް ކޮމެޓީއަށް އިތުރަށް ދިރާސާ ކުރަން ފޮނުވުމަށް އެ ކައުންސިލުން ވަނީ ނިންމާފައެެވެ. ބާ ކައުންސިލުން ނެރެފައިވާ ނޫސް ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އާންމު މަސްލަހަތާއި ގުޅުންހުރި ޤާނޫނީ ނުވަތަ ދުސްތޫރި މައްސަލަ ތަކާއި ގުޅިގެން ބާ ކައުންސިލުގެ ރަޢުޔެއް ނުވަތަ މަޢުލޫމާތު ހާމަ ކުރުމަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން އެ ކައުންސިލާއި ހަވާލުވެފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.
އެހެން ކަމުން ކައުންސިލުގެ ރަޢުޔެއް އެކަމުގައި ނެރުމަށް ކައުންސިލް މެންބަރަކު ހުށަހެޅީ އެ މާއްދާގެ ދަށުން ކަމަށް ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިިވެއެވެ.

ކިޔުންތެރިންގެ ހިޔާލު