ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށްގެންދަވަނީ ރަނގަޅު ފެންވަރެއްގެ ސިއްހީ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ޕްލޭނެއްގެ ދަށުންކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
7 ރަށެއްގެ ހޮސްޕިޓަލް އިމާރާތްކުރަން ބަޔަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމް ވިދާޅުވީ ހެލްތު މިނިސްޓްރީއާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށް އެކަނި ބަރޯސާވެގެން ރާއްޖޭގައި ފޯރުކޮށްދޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅު ނުކުރެވޭނެކަމަށެވެ.
މިިނިސްޓަރ ވިދާޅުވީ ރާއްޖެއަކީ ވަކިވަކިން އޮންނަ ރަށްތަކެއްގެ މައްޗަށް ބިނާވެފައިވާ ޤައުމެއްކަމުން ފުރިހަމަ ސިއްޙީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުރިހާ މުވައްސަސާއެއްގެ އެއްބާރުލުން ބޭނުންވާކަމަަށެވެ. އަދި ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ރައްޔިތުންނަށް ހަރުދަނާ ސިއްޙީ ޚިދުމަތެއް ފޯރުކޮށްދެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ސިއްހީ ހިދުމަތް ހަރުދަނާކުރުމަށް ދަތުރުފަތުރާއި އެހެނިހެން ކަންކަންވެސް ހަރުދަނާކުރަންޖެހޭނެ ކަމަށެވެ. އަދި ސަރުކާރުންގެ މިހާރުގެ ތަރައްޤީގެ މަސައްކަތްތަކުގެ ތެރެއިން ފެރީތަކާއި އެއަރޕޯޓްތައް ތަރައްޤީކުރަމުންދަނީ އެ އަމާޒަށް ވާސިލުވުމަށްކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.
"ދަތުރުފަތުގެ ތެރެއިން ފެރީގެ ޚިދުމަތުން ގުޅާލާ، އެއަރޕޯޓުތައް ތަރައްޤީކުރެވިގެން ޚިދުމަތް ރަނގަޅު ނިޒާމަކުން ދެވޭނެ މަގުފަހިވަނީ. ސަރުކާރުން މިހާރު މަސައްކަތް ކުރަމުން މިދަނީ އެމަގުން." މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި ފޯރުކޮށްދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތުގެ ދަށުން މިއަދުވެސް ވަނީ 7 ރަށެއްގައި ސަރުކާރުން ތަރައްޤީކުރަން ނިންމާފައިވާ 7 ހޮސްޕިޓަލެއްގެ މަސައްކަތް ބަޔަކާއި ހަވާލުކޮށްފައެވެ.
ހެލްތު މިނިސްޓަރ ވިދާޅުވީ މިހޮސްޕިޓަލްތައް ތަރައްޤީކުރާނީ، ކޯވިޑް ފަދަ ޕެންޑެމިކްތަކުގެ ޙާލަތުގައި ހޮސްޕިޓަލްގެ ޢާންމު އޮޕަރޭޝަނަށް ބުރުނާރާނެހެން، ފްލޫ ކްލިނިކާއި، އައިސޮލިޝޭޝަން ފެސިލިޓީ ހިމެނޭގޮތަށްކަމަށެވެ.
ސަރުކާރުން އެކުލަވައިލި ނޭޝަނަލް ސްޕޭޝްލް ޕްލޭނާ އެއްގޮތަށް، ރާއްޖޭގެ 5 ސަރަޙައްދެއްގައި 5 ޓާޝަރީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އޭގެތެރެއިން ބައެއް ހޮސްޕިޓަލުތަކުގައި ކުރިން ނެތް ވަސީލަތްތައް ޤާއިމުކޮށް މިހާރު އަންނަނީ އައު ޚިދުމަތްތައް ދެމުންނެވެ.
ބޭސްފަރުވާހޯދުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ ޚަރަދު ކުޑަކޮށް ރަށާ ވީހާވެސް ކައިރިން މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފެންވަރު ރަނގަޅު ގިނަ ކަންކަމަށް ފަރުވާކުރެވޭ ސްޕެޝަލިސްޓުން ތިބޭ އަދި ޒަމާނީ ވަޞީލަތްތައް ޤާއިމްވެފައިވާ ހޮސްޕިޓަލްތައް ޤާއިމްކުރުމަކީ ރައީސް ސާލިހުގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު