ސަރުކާރުން ކުންފުންޏެއް ހަވާލުކުރި އެންމެ ނާގާބިލް އެމްޑީއަކީ ހަސަން މުޣުނީ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވައި ސަރުކާރުގެ ކުންފުނިތައް ހިންގެވުމަށް އެމަނިކުފާނު އައްޔަންކުރަަށްވާފައިވާ މެނޭޖިން ޑިރެކްޓަރުންނަށް ފާޑިވިދާޅުވެ އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީ ކުރެއްވި ޓުވީޓްގެ މައްސަލައާއި ގުޅިގެން "ރަސްއޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެެވެ.
މުޣުނީގެ ވާހަކަތަކާއި ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ސާލިޙުގެ ސަރުކާރުގައި ކުންފުންޏެއް ހަވާލުކުރެއްވި އެންމެ ނާގާބިލް އެމްޑީއަކީ މުޣުނީ ކަމަށެވެ. އޭނާއަކީ ކޮރަޕްޝަނާއި ފަސާދަ އާލާކުރަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށް ސައީދު ވިދާޅުވިއެވެ.
މުޣުނީ އަދާކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމެެވެ. ރައީސް ވަނީ އޭނާ މަގާމުން ވަކިކުރަށްވައި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަން ދެެއްވާފައެވެ. ސްޓެލްކޯގެ އެމްޑީކަމުގެ މަގާމުގައި މިހާރު ހުންނެވީ އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް، އަހުމަދު ޝަރީފެވެ.
ސައީދު ވިދާޅުވީ ސްޓެލްކޯގެ ދުވެލި މިހާރު ހުރި ގޮތާއި ކުރީގެ ހުރިގޮތާއި ބަލާއިރު ކޮރަޕްޝަނާއި ފަސާދަ އާންމުކުރަން މަސައްކަތް ކޮށްފައިވާ ކަން ސާބިތުވާން އެބަަހުރި ކަމަށެވެ. ރައީސް ސާލިޙު ކުންފުނިތަކުގެ އެމްޑީކަމުގެ މަގާމަށް ބޭފުޅުން އައްޔަންކުރެއްވުމަށް މަގާމުތަކަށް ބަދަލު ގެންނަވަނީ އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ބައްލަވައި ވަރަށް ވިސްނުންތެރިކަމާއި އެކު ކަމަށް ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ ސިޔާސީ މަގާމުތަކުގައި ތިބެ ރައީސް އަށް ދޮގު ތުހުމަތުކޮށް ރައްޔިތުންނަށް ކަންކަން އޮޅޭގޮތަށް ވާހަކަ ފަތުރައި ސަރުކާރުގައި "ދަތި އަޅުވަން" އުޅޭ ފަރާތްތަށް ސަރުކާރުން އެއްފަރާތް ކުރަންޖެހޭ ކަމަށެވެ. އެފަދަ ބޭފުޅުން އެންމެ ރީތި ގޮތަކީ އަމިއްލަ އަށް އިސްތިއުފާދިނުން ކަމަށް ސައީދު ވިދާޅުވިއެވެ.
" މިދައްކަނީ ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގެ ވާހަކަ، ސިވިލް ސާވިސް ވަޒީފާތަކުގެ ވާހަކަ އެއް ނޫން، ރައީސްގެ ސިޔާސަތު ސަރުކާރުގެ ސިޔާސަތު ތަންފީޒުކުރަން ރައީސް އިސް ކުރަށްވާފައިވާ ތިއްބަވާ ބޭފުޅުންގެ ވާހަކަ މިދަންނަވަނީ، އެފަދަ މީހުން ސަރުކާރު ދަތިއަޅުވައި އެހެން މަގުސަދުތަކެއް ހާސިލްކުރަން މަސައްކަތް ކުރާ ހިސާބުން އެންމެ ރީތިގޮތަކީ އަމިއްލަ އަށް އިސްތިއުފާދިނުން އެއީ ކޮންމެ ޕާޓީއެއްގެ މެމްބަރަކަށްވިޔަސް ކަންއޮންނަންވާނީ މިގޮތަށް،" ރައީސް ސާލިޙުގެ އަރިސް ބޭފުޅެއްގެ ގޮތުގައި ހުންނެވި ސައީދު ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައްކަމުގެ ތުހުމަތު އަޅުވައި ޓުވީޓް ކުރި މައްސަލާގައި އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީގެ މައްސަލަ ރައީސް އޮފީހުން މިހާރު ވަނީ ބަލަން ފަށާފައެވެ. މީގެ ކުރިން ސަރުކާރުގައި ސިޔާސީ މަގާމުގައި ތަކުގައި ތިބެ ސަރުކާރަށް ފާޑުކިޔާ އިދިކޮޅު ފިކުރެެއްގެ ދިރުން ފެކްޝަނާއި ގުޅިގެން މަސައްކަތް ކުރި ބައެެއް ބޭފުޅުން ވަނީ ވަނީ އެމަގާމުތަކުން ވަކިކޮށްފައެވެ.
އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން މުޣުނީއަކީ މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމުހޫރީ ޕާޓީ އަށް ނިސްބަތްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު