ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފަކީ ވަރަށް މަސައްކަތްތެރި ހީވާގީ ބޭފުޅެއް ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އޭނާއަށް ތައުރީފް ކުރަށްވައިފިއެވެ.

މި މަހުގެ 18 އިން ފެށިގެން އެލްޖީއޭގެ ސީއީއޯގެ މަގާމުން އަފްޝަން ލަތީފް އިސްތިއުފާ ދެއްވަން ނިންމަވައި އެކަން މިއަދު ވަނީ ހާމަ ކުރަށްވާފައެވެ.

އަފްޝަންގެ އެ ނިންމެވުމާއި ގުޅިގެން އެމްޑީޕީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވީ ސަރުކާރަށް ގެއްލިގެން އެ ދިޔައީ ވަރަށް ގާބިލު ބޭފުޅެއް ކަމަށެވެ. އަފްޝަންއަކީ ވަރަށް މަސައްކަތްތެރި ހީވާގި ގާބިލް ބޭފުޅެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.



"ގޮންޖެހުންތަކާއި ފިތުނަތަކުގެ ތެރެއިން ލާމަރުކަޒީ ނިޒާމު ކާމިޔާބު ކުރުމަށް ވަރަށް ހާއްސަ ޝުކުރެއް [އަދާކުރަން] ކާމިޔާބު މުސްތަގުބަލަކަށް އެދެން." ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެެވެ.



އަފްޝަން އެލްޖީއޭގެ ސީއީއޯގެ މަގާމަށް އައްޔަންކުރީ ޖޫން 9، 2020 ގައެވެ. އޭނަ އަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ.

އެ ދެ ބޭފުޅުންނަކީ ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ދެބޭފުޅުންކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު