ދ. ތިނަދޫ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިންމައި ޓެސްޓުކޮށްފިއެވެ.

މިއީ މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން ސެނޮކް ކޮމްބައިންނާއި ނަމަކަށް ކިޔާ ކުންފުންޏަކާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ.

މި މަސައްކަތް ނިންމާ ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ މި މެއި މަހު 12 އިން 13 އަށެވެ.





މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 13 އޮކްޓޫބަރު 2019 ގައެވެ. މި މަޝްރޫޢަކީ ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.

މިމަޝްރޫޢުގެ އަގަކީ 16,849,542.38 (ސޯޅަ މިލިޔަން އައްސަތޭކަ، ސާޅީސްނުވަހާސް ފައްސަތޭކަ ސާޅީސްދެ ރުފިޔާ ތިރީސް އަށްލާރި) އެވެ.

މި‎މަޝްރޫޢު އަމަލީ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 1 އަހަރުގެ މުއްދަތެއްކަމުގައިވީ ނަމަވެސް، ކޮވިޑްގެ ބަލިމަޑުކަމާއި އަދި ތައްޔާރުކުރި ޑިޒައިންއަށް ގެންނަންޖެހުނު ބަދަލުތަކާއެކު ނިންމަން ކަނޑައަޅާފައިވާ މުއްދަތައް މަސައްކަތް ނިންމާލުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިިކަމަށް ސަރުކާރުން ބުނެއެވެ.

މި ކުރިމަތިވި ހުރަސްތަކާއެކުވެސް، މަސައްކަތް މަޑުނުޖެހި ސަރުކާރުން ވަނީ އަމަލީ މަސައްކަތް މިހާރު ނިންމާލާފައެވެ. އަދި ‎މި މަޝްރޫޢުގެ ސަބަބުން ގދ. ތިނަދޫގެ ރައްޔިތުންނަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ބޯކޮށް ވާރޭވެހި ރަށުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ޤަބޫލުކުރެެއެވެ.



ކިޔުންތެރިންގެ ހިޔާލު