ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ތަރައްޤީކުރުމުގެ މަސައްކަތް ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.
ބޮޑުތަކުރުފާނު މަގުގައި މީގެކުރިންވެސް ވަނީ ހުޅުމާލެ ފެރީ ޓަރމިނަލް ހުންނަ ސަރަހައްދުން ފެށިގެން އިންޑަސްޓްރިއަލް ޒޯނާއި ހަމައަށް ތާރު އަޅާފައެވެ.
ޕްލޭނިންގ މިނިސްޓްރީން ބުނީ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށްޓަކައި ޑިޒައިން ފައިނަލް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕްލޭނިންގ މިނިސްޓްރީން މަޝްވަރާކުރަމުންދަނީ އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރުމަށެވެ.
މި މަޝްރޫޢުގެ ކުރެހުންތައް ފައިނަލްވުމުން މަސައްކަތް ފެށުމަށް ކުންފުންޏާއި ހަވާލުކުރާނެކަމަށް ސަރުކާރުން ބުނެއެވެ. އެމްޓީސީސީއާ ހަވާލުކުރާނީ ހުޅުމާލެ ފެރީޓަރމިނަލު ސަރަޙައްދުން ފެށިގެން، މާފަންނުކޮޅުން އަމީނީ މަގު ނިމޭ ހިސާބާ ހަމައަށް 2.3 ކިލޯމީޓަރުގެ ސަރަޙައްދެކެވެ.
ބޮޑުތަކުރުފާނު މަގުގެ ބޮޑު ސަރަޙައްދެއްގައި 2018 ވަަނަ އަހަރުވެސް ވަނީ ތާރު އަޅާފައެވެ. އެފަހަރު އެ މަސައްކަތް ކުރިއަށްގެންދިޔައީ ސިނަމާލެ ބްރިޖް މަޝްރޫޢުއާއެކުއެވެ. އެއީ ގާތްގަނޑަކަށް 2.4 ކިލޯމީޓަރުގެ ސަރަޙައްދެކެވެ.

ކިޔުންތެރިންގެ ހިޔާލު