އެމްޑީޕީގެ އުސޫލުތަކާއި ހިލާފަށް މަސައްކަތްކުރައްވާ ބޭފުޅުން ޕާޓީން ވަކިކުރެއްވުމަށް ގޮވާލުމުން، އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރައްދުދެއްވައިފިއެވެ.
އެމްޑީޕީގެ އޮފީސް ދޮރުމަތީގައި އެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވަނީ ޕާޓީގެ އުސޫލުތަކާއި ހިލާފަށް މަސައްކަތްކުރައްވާ ބޭފުޅުން ޕާޓީން ވަކިކުރެއްވުމަށް ގޮވާލައި މިއަދު އިހްތިޖާޖުކޮށްފައެވެ. ޕާޓީ އޮފީސް ދޮރުމަތީގައި އިހުތިޖާޖު ކުރެއްވި ބޭފުޅުންގެ ތެރޭގައި ކުރީގެ ޗެއަރޕާސަން އަދި ރައީސް ސާލިހުއާ ގާތްގުޅުމެއްް އޮންނަ ރީކޯ މޫސާ މަނިކު އަދި ހެރިޓޭޖް މިނިސްޓްރީގައި އުޅުއްވާ މުހައްމަދު ނާޒިމް (ބައުންޓީ ނާޒިމް) ހިމެނެ އެވެ.ހިމެނިވަޑައިގަންނަވައެވެ.
އެމްޑީޕީގެ އޮފީސް ދޮަށަށް އެއްވި މީހުން މައިގަނޑު ގޮތެއްގައި ގޮވާލަމުންދިޔައީ ޕާޓީއަށް ޣައްދާރުވި މީހުން ޕާޓީން ވަކިކުރުމަށެވެ.
މިކަމާއި ގުޅިގެން އެމްޑީޕީގެ ސޯޝަލް މީޑިއާ ގްރޫޕެއްގައި ރައީސް ނަޝީދު ވަނީ އެކަމާއި ސުވާލުކުރައްވާފައެވެ. އެގޮތުން އިހުތިޖާޖުގައި ބައިވެރިވި ނާޒިމްއާ ސުވާލުކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ޕާޓީގައި އުޅުއްވާތީ އުނދަގޫފުޅުވަނީތޯވެސް ނަޝީދު އެއްސެވިއެވެ.
"ނާޒިމް ޕާޓީގައި އަޅުގަނޑު ހުރީމަ އުނދަގޫވީތޯ"އެވެ.
ނަޝީދުގެ ވާހަކަފުޅާއި ގުޅިގެން ނާޒިމް ވިދާޅުވީ އޭނާ ގޮވާލީ ޕާޓީޢަށް ޣައްދާރުވި މީހުން ޕާޓީން ވަކިކުރުމަށްކަމަށެވެ. އަދި ނަޝީދު ޕާޓީއަށް ޣައްދާރުވީތޯވެސް ނާޒިމް އެއްސެވިއެވެ.
އެ ގްރޫޕްގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ހައްދަަަވައިގެން އުޅުއްވާ ފިކުރެއްގެ ދިރުމުގެ މެމްބަރުންގެ ހިތް އެމްޑީޕީއާ ވަތްކެއް ނުކުރެވޭނޭކަމަށެވެ. އަދި އެމްޑީޕީވެސް އަނބުރާ ހޯއްދަވާނޭކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެމްޑީޕީ ފިކުރުގެ ދިރުން ނެރޭނެ. އެމްޑީޕީ އަނބުރާ ހޯދާނެ،" ނަޝީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ބޮޑުވެ ދެ ފެކްޝަން ހަދައިގެން މަސައްކަތްކުރަމުންދާއިރު، ރައީސް ނަޝީދާއެކު މަސައްކަތްކުރައްވާ ބޭފުޅުން ގެންދަވަނީ ސަރުކާރާއި ދެކޮޅަށްވެސް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

— Moosa Maniku (Reeko) (@ReekoMoosa) May 15, 2023

ކިޔުންތެރިންގެ ހިޔާލު