މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތް އިފްތިތާހުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލްގެ "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް” އަދި އެ ޔުނިޓްގެ މަސައްކަތް އިފްތިތާހުކޮށްދެއްވާފައިވަނީ މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒެވެ.
މާލެ ސިޓީ ކައުންސިލުން އުފެއްދި "ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓް"ގެ ބޭނުމަށް މާލެ ވަނީ 8 ޒޯނަކަށް ބަހާލައިފައެވެ. އެ ޕްރޮގްރާމްގައި 18 އަންހެނުންނާއި 60 ފިރިހެނުން މަސައްކަތް ކުރާނެއެވެ. އެ ޔުނިޓްގެ ބެލެހެއްޓުމުގެ ކަންކަން ހަވާލުކޮށްފައި ވަނީ ކުރީގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ސައުދީއާއެވެ.
ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެއީ ބޮޑު ޒިންމާއަކާއެކު އަލަށް ފަށާ ކަމެއް ކަމަށެވެ. އެއީ ކައުންސިލުގެ ހުރިހާ މެމްބަރުން ވަރަށް ބޮޑަށް އުންމީދު ކުރަމުން އައި ކަމެއް ކަމަށް ވެސް މޭޔަރު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކައުންސިލަށް ދެ އަހަރު ފުރޭއިރު ވަރަށް ބޮޑު އުފަލެއް އެއީ އަޅުގަނޑުމެން ތަސައްވަރު ކުރި ޕްލޭންގަ އޮތް ގޮތަށް، ވަރަށް އުނދަގޫ ކަމެއް ނަމަވެސް ވަރަށް މުހިންމު ކަމެއް ހާސިލު ވާތީ." މޭޔަރ ވިދާޅުވިއެވެ.“
މޭޔަރ ވިދާޅުވީ ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތަކީ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި މާލެ ސިޓީ ކައުންސިލުން މި ބިޔަބޮޑު މަސައްކަތް ފެށީ ސަރުކާރުން ދީފައިވާ ބަޖެޓުގެ ތެރެއިން އެކަން ކުރެވޭނެ ގޮތަށް ކަމަށެވެ. އަދި މި ކަމުގެ ސަބަބުން ގިނަ ދިވެހިން ތަކަކަށް ވަޒީފާ ލިބިގެން ގޮސްފައިވާ ކަމުގައި މޭޔަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ސައުދީ ވިދާޅުވީ މާލެ ސިޓީ ކައުންސިލުން އަލަށް ފެށި މި މަސައްކަތުގެ ސަބަބުން މާލެ އަކީ ހުރިހާ އެންމެންނަށް ވެސް ހިތްފަސޭހަ، ހިތްހަމަ ޖެހޭ ތަނަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ސައުދީ އިތުރަށް ވިދާޅުވީ މިއީ މުޅިން އަލަށް ފަށާ ކަމަކަމަށް ވުމުން ހައްލު ކުރަން ޖެހޭ ކަންކަމާއި ރަނގަޅު ކުރަން ޖެހޭ ކަންކަން ވެސް ހުންނާނެ ކަމަށެވެ. އަދި އާ ކަންކަމާ ކުރިމަތިލައްވައި، ކައުންސިލުން އަދާކުރުމަށް އަންގާފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ދެމިހުންނަވާނެކަމަށް ވެސް ސައުދީ ވިދާޅުވިއެވެ.
ކޮމިޔުނިޓީ އެންގޭޖްމެންޓް ޔުނިޓްގެ މަސައްކަތްތަކުގެ ތެރޭގައި މަގުމަތީގައި ކުނި ބަހައްޓާތޯ ބެލުން، ޕެލެޓް ބަހައްޓާތޯ ބެލުން، މުދަލާއި ތަކެތި މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާތޯ ބެލުން، ޕާކް ކުރުމުގެ މައްސަލަތައް، ޓްރެފިކް (ބާރުބޮޑު ވަގުތުތަކުގައި މަގުތައް ތޮއްޖެހުމުގެ މައްސަލަތައް ހައްލުކުރުން) އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަ ބެލެހެއްޓުން އަދި ހިނގާ މީހުންގެ ބޮލަށް ގޭގެއިން ފެން ފޭބުން ހައްލުކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު