ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވަން އަފްޝަން ލަތީފު ނިންމަވައިފިއެވެ.
މީޑިއާއަށް މައުލޫމާތުދެއްވަމުން އަފްޝަން ވިދާޅުވީ ބުރާސްފަތި ދުވަހަކީ އޭނާ ވަޒީފާއަށް ނިކުމެވަޑައިގަންނަވާނެ ފަހު ދުވަސްކަމަށެވެ. އަދި މަޤާމުން އިސްތިއުފާދެއްވުމަށް މިހާރު ސިޓީ ފޮނުއްވާފައިވާކަަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެލްޖީއޭގެ ސީއީއޯއަކަށް އަފްޝަން އައްޔަންކުރެއްވީ 2020 ވަނަ އަހަރުގެ ޖޫންމަހުއެވެ.
އަފްޝަން ވިދާޅުވީ އޭނާ މަޤާމުން އިސްތިއުފާ ދެއްވަނީ އާއިލާއަށް ވަގުތު ދިނުމަށާއި އަމިއްލަ ކަންކަން ކުރުމަށްކަމަށެވެ. އަފްޝަން އަކީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ.
އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމުން ވަކިކުރައްވާފައިވާ އަމުރު ގެންދަވަނީ ސަރުކާރާއި ދެކޮޅަށް ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު