އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުން ރަސްމީކޮށް އިއުލާންކޮށްފިއެވެ.
ޗާގޯސް މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިމަހުގެ 11 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ ބައެއް މެމްބަރުން ހިމެނޭ ގޮތަށް އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން މި މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ ރާއްޖޭގެ ކަނޑުން ބޮޑު ސަރަހައްދެއް ގެއްލުވާލުމުގައި އޭޖީ، ރިއްފަތު ބައިވެރިވެވަޑައިގެންނެވި ކަމަށް ތުހުމަތުކޮށެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާކަމަށެވެ. އަދި މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށްވެސް މަޖިލީހުން ބުނެފައި ވެއެވެ.
ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީގެ ބައެއް މެމްބަރުންނާއި، ޕީޕީއެމާއި، ޖުމްހޫރީ ޕާޓީއާއި އެމްއެންޕީގެ ތާއީދާ އެކުގައެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ 43 މެމްބަރުންގެ ވޯޓެވެ.

އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވަނީ ލިބިފައެވެ. މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ވާހަކަ ދަންނަވަމެވެ.
— People's Majlis (@mvpeoplesmajlis) May 15, 2023
ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާކަމަށެވެ. އަދި މި މައްސަލަ ޤާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާގޮތުގެ މަތިން ކުރިއަށް ގެންދެވޭނެ ކަމަށްވެސް މަޖިލީހުން ބުނެފައި ވެއެވެ.
ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ، އެމްޑީޕީގެ ބައެއް މެމްބަރުންނާއި، ޕީޕީއެމާއި، ޖުމްހޫރީ ޕާޓީއާއި އެމްއެންޕީގެ ތާއީދާ އެކުގައެވެ.
މަޖިލީހުގައި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ފާސްވަނީ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުންގެ އަޣުލަބިއްޔަތު ލިބިގެންނެވެ. އެއީ 43 މެމްބަރުންގެ ވޯޓެވެ.
ކިޔުންތެރިންގެ ހިޔާލު