އެންމެ ފަޔަކާއެކު ފުޓްބޯޅަ ކުޅޭތަން ފެންނަ ވީޑިއޯއަކުން އާއްމުންގެ ސަމާލުކަން ހޯދި ހދ. މަކުނުދޫ އުމުރުން 7 އަހަރުގެ ޝަވަން މުހައްމަދަށް މަސްނޫއީ ފައެއް ޖެހުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދެއްވީ ދިވެހި ސަރުކާރުންކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.

މަކުނުދޫ ސްކޫލުގައި ތައުލީމު ހާސިލުކުރަމުން އަންނަ ޝަވަންއަކީ އުފެދުމުގައި ވެސް އެއްފައި ނެތް ކުއްޖެކެވެ. ޝަވަން އާންމުންގެ މަގުބޫލުކަން ހޯދީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 8 ވަނަ ދުވަހު މަކުނުދޫ ސްކޫލުގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތުގެ ތެރެއިން ފުޓްބޯޅަ މެޗެއްގައި އެއްފައިގައި ކުޅެ ދެއްކި ގަދަ ހިތްވަރުންނެވެ.

އާއްމުންގެ ސަމާލުކަމަށް ޝަވަން އައި ހިސާބުން އެތައް ބަޔަކު ވަނީ އޭނާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހަޅާފައެެވެ.



މައުލޫމާތު ލިިބިފައިވާ ގޮތުގައި މީގެ މަހެއްހާ ދުވަސް ކުރިން އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލަކުން ޝަވަން ވަނީ ޕްލާސްޓިކް ފައެއް ޖަހާފައެވެ.

ޝަވަންގެ މަންމަ އާއިޝަތު ވިޝާމް މިއަދު މީޑިއާއަކާއި ވާހަކަދައްކަމުން ބުނީ ދަރިފުޅުގެ ޕްލާސްޓިކް ފައި ޖެހީ މަހެއްހާ ދުވަސް ކުރިން އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލަކުން ކަމަށެވެ.

ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިފްހާމް ހުސައިން ވިދާޅުވީ ޝަވަންގެ މަސްނުއީ ފައި ޖެހުމަށް ކުރަންޖެހުނު އޮޕަރޭޝަންގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދިނީ ދިވެހި ސަރުކާރުންކަމަށެެވެ.

އިފްހާމް ވިދާޅުވީ ރައީސް ސާލިހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅާލާ އޯގާތެރި ވެރިއެއްކަމަށެެވެ. އަދި މި ސަރުކާރުން ދަނީ ކަންކަން ފަސޭހައިން ކުރެވޭނެ މަގުފަހިކުރަމުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު