ރާއްޖޭގެ އިޤްތިޞާދަށް ލިބެމުންދާ ކުރިއެރުންތަކާއެކު ސާބިތުކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިޤްތިޞާދީ ލީޑަރޝިޕްކަމަށް އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ނާއިބު ރައީސް މުހައްމަދު އިއާދު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަދާލަތު ޕާޓީގެ ކެމްޕޭން މެނޭޖަރަކީވެސް އިއާދެވެ، އަަދާލަތު ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަނުކުރިނަމަވެސް އަދާލަތުން ވަނީ ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމާފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އިއާދު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ޤައުމީ އުފެއްދުންތެރިކަމަށް ބޮޑު ކުރިއެރުމެއް ލިބި، ޤައުމުގެ އިޤްތިޞާދުވެސް ވަރަށް ބޮޑަށް ކުރިއަރަމުންދާކަމަށެވެ.
"ޤައުމީ އުފެއްދުންތެރިކަން ކުރިއަރާ މިންވަރު ހުރީ 9.4 އިންސައްތައިގައި. މިއީ ދުނިޔޭގައިވެސް އެންމެ ބާރަށް ކުރިއަރާ އެއް ޖީޑީޕީ." އިއާދު ވިދާޅުވިއެވެ.
އިއާދު ވިދާޅުވީ އިޤްތިޞާދީގޮތުން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކުން ސާބިތުކޮށްދެނީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އިޤްތިޞާދީ ލީޑަރޝިޕްކަމަށްވެސް އިއާދު ވިދާޅުވިއެވެ.
ފުރަތަމަ ފަހަރަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީ މިއަހަރު 100 ބިލިއަން ރުފިޔާ ފަހަނައަޅާދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީ މިއަހަރު 100 ބިލިއަން ރުފިޔާ ފަހަނައަޅާދާނެ ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ، މިއީ ކުރިމަތިވި އެކި ގޮންޖެހުންތަކަށް ބެލުމެއްނެތި ސަރުކާރުން އިގްތިސާދީ ކުރިއެރުން ހޯދުމަށް ގެންގުޅޭ ރަނގަޅު އިޤްތިސާދީ ސިޔާސަތުތަކުގެ ނަތީޖާކަމަށެވެ.
އަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުމާއެކު އެހެން ދާއިރާތަކަަށްވެސް ރަނގަޅު އަސަރެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރު ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް އަންދާޒާކުރި 7.6 އިންސައްތަ 9.4 އިންސައްތައަށް އިތުރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިގްތިސޯދުގެ ކުރިއެރުން މެދުރާސްތާގައިވެސް މަތީގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.

Tourist arrivals expected to reach 1.9 million in 2023; well above pre-pandemic levels. Forecast Real GDP growth rate of 9.4%; one of the highest in the world. Nominal GDP to cross the MVR 100 billion mark.
— Mohamed Iaad Hameed (@iaadMV) May 14, 2023
Testaments to the able economic leadership of HEP @ibusolih #Ibu2023 https://t.co/OK8kYBbghI
ފުރަތަމަ ފަހަރަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީ މިއަހަރު 100 ބިލިއަން ރުފިޔާ ފަހަނައަޅާދާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ނޮމިނަލް ޖީޑީޕީ މިއަހަރު 100 ބިލިއަން ރުފިޔާ ފަހަނައަޅާދާނެ ކަމަށެވެ. މިނިސްޓަރު އަމީރު ވިދާޅުވީ، މިއީ ކުރިމަތިވި އެކި ގޮންޖެހުންތަކަށް ބެލުމެއްނެތި ސަރުކާރުން އިގްތިސާދީ ކުރިއެރުން ހޯދުމަށް ގެންގުޅޭ ރަނގަޅު އިޤްތިސާދީ ސިޔާސަތުތަކުގެ ނަތީޖާކަމަށެވެ.
އަމީރު ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު ކުރިއެރުމާއެކު އެހެން ދާއިރާތަކަަށްވެސް ރަނގަޅު އަސަރެއް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރު ރިއަލް ޖީޑީޕީ ކުރިއަރާނެ ކަމަށް އަންދާޒާކުރި 7.6 އިންސައްތަ 9.4 އިންސައްތައަށް އިތުރުވެފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އިގްތިސޯދުގެ ކުރިއެރުން މެދުރާސްތާގައިވެސް މަތީގައި ހުންނާނެކަމަށް ލަފާކުރެވޭ ކަމަށް އަމީރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު