ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ރައީސުލްޖުމްހުރިއްޔާކަމުގެ މަޤާމަށް އިންތިހާބުކުރުމަށް ރެެއާއި ދުވާލު މަސައްކަތްކުރައްވާނެކަމަށް ގާސިމްގެ ރިޔާސީ ކެމްޕެއިން މެނޭޖަރަކަށް އައްޔަނު ކުރެއްވި އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
ގާސިމްގެ ރިޔާސީ ކެމްޕެއިން މެނޭޖަރުންގެ ގޮތުގައި އިލްހާމް އަހުމަދާއި އަމީން އިބްރާހިމް ހަމަޖެއްސީ މިއަދުއެވެ.
ގާސިމްގެ ރިޔާސީ ކެމްޕެއިންގެ މެނޭޖަރަކަށް ހަމަޖެއްސި އިލްހާމް ކުރެއްވި ޓްވީޓެއްގައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމްގެ ރިޔާސީ ކެމްޕެއިން މެނޭޖަރަކަށް އޭނާ ހަމަޖެއްސެވީތީ ޝުކުރު އަދާކުރައްވާފައެވެ.
އިލްހާމް ވިދާޅުވީ އޭނާއާއެކު ކެމްޕެއިން މެނޭޖަރަކަށް ހަމަޖެއްސެވި އަމީން އިބްރާހިމާާއެކު ގާސިމަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ރެއާއި ދުވާލު މަސައްކަތްކުރައްވާނެކަމަށެެވެ.
ގާސިމްގެ ރިޔާސީ ކެމްޕެއިންގެ މެނޭޖަރަކަށް ހަމަޖެއްސި އިލްހާމަކީ ގާސިމްގެ ސްޕެޝަލް އެންވޯއިގެ މަގާމުގައިވެސް ހުންނެވި ބޭފުޅެކެވެ. އަދި އަމީން އިބްރާހީމަކީ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރެވެ.
އިލްހާމްއާއި އަމީން ޖޭޕީގެ ރިޔާސީ ކެމްޕެއިންގެ މެނޭޖަރުންގެ ގޮތުގައި ހަމަޖެއްސެވިކަން ހާމަކޮށް ޖުމްހޫރީ ޕާޓީގެ ކައުންސިލް ގްރޫޕަށް ލީޑަރު ގާސިމް އިބްރާހިމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ރާއްޖެ ބައިތަކަކަށް ބަހާލައިގެން ކެމްޕެއިންގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.
އިލްހާމް ހަމަޖައްސާފައިވަނީ ދެކުނުގެ ކެމްޕެއިން މެނޭޖަރަކެވެ. އިލްހާމްއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީއެވެ. އަދި މާލޭގެ ދެބައިކުޅަ އެއްބައި އިލްހާމްއާ ވަނީ ހަވާލު ކުރައްވައިފައެވެ.
އަމީން ހަމަޖައްސާފައިވަނީ ރާއްޖޭގެ އުތުރުގެ ކެމްޕެއިން މެނޭޖަރަކަށެވެ. އަމީންއާ ހަވާލު ކުރެވިފައިވާ އަތޮޅުތަކަކީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ އިތުރުން މާލޭގެ ދެ ބައިކުޅަ އެއްބައެވެ.
ކައުންސިލް ގްރޫޕަށް ފޮނުއްވި މެސެޖްގައި ގާސިމް ވިދާޅުވި ގޮތުގައި ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލު ކުރުމާއި ކެމްޕެއިން ލޯންޗިން އިވެންޓާ ގުޅޭ ހުރިހާ ކަމެއް ޕާޓީގެ ސެކްރެޓޭރިއަޓް ގުޅިގެން ކުރިއަށް ގެންދަވާނީ އިލްހާމާއި އަމީންކަމަށެވެ. އަދި ރާއްޖޭގެ އުތުރާއި ދެކުނު ބަހާލައިގެން ބާއްވާ ހަރަކާތްތަކުގެ އެންމެހާ ކަންކަން ޕާޓީގެ ސެކްރެޓޭރިއަޓާ ގުޅިގެން ހިންގާނީވެސް އިލްހާމާއި އަމީން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ލޯންޗުކުރުމަށް ހަމަޖެހިފައިވަނީ ޖޫންމަހުގެ 1 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު