"ފެބިއެން" ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
"ފެބިއެން" ތޫފާނަކީ ރާއްޖޭގެ ދެކުނުން ދުރުގައި އުފެދިފައިވާ ތޫފާނެކެވެ. މޫސުމާއިބެހޭ ޤައުމީ އިދާރާއިން ބުނީ އެ ތޫފާނުގެ އަސަރު ރާއްޖެއަށް ނުކުރާނެކަމަށެވެ. އަދި މީގެ ހަތަރު ދުވަސްކުރިން ބޭ އޮފް ބެންގާލްގައި އުފެދުނު ތޫފާނު "މޮކާ"ގެ ބާރުވެސް ދަށްވެ ރާއްޖެއާ ދުރަށް ދަތުރުކޮށްފައިވާކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްވެފައިވަނީ ތޫފާނެއްގެ އަސަރުކޮށްގެން ނޫންކަމަށެވެ. އަދި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މެޓުން ބުނެއެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް، މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ވައިޓް އެލަރޓް ނެރެފައެވެ. ވައިޓް އެލަރޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.
މި އެލަރޓް ނެރެފައިވަނީ މިރޭގެ ދަންވަރު 1:00 އާ ހަމައަށެވެ. މި ގަޑިތަކުގައި އެ ސަރަހައްދަށް ވިއްސާރަކޮށް ގުގުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު