އެމްއެމްޕީއާރްސީގެ މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ދައްކާނެކަން ސިވިލް ކޯޓަށް އަންގައިފިއެވެ.
އެކަން ހާމަވެފައިވަނީ އެމްއެމްޕީއާރްސީގެ މައްސަލަތަކުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާގެ ތެރެއިން ނުދައްކާ އޮތް އެއް މިލިއަން ރުފިޔާ ހޯދަން އެޓާނީ ޖެނަރަލްގެ ފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
އަދީބުގެ ލޯޔަރުން ވިދާޅުވީ ދައުލަތުގެ އުސޫލާއެއްގޮތަށް ފައިސާ ދައްކަން އޭނާވަނީ އެއްބަސްވެ އެކަން ދައުލަތަށާއި ސިވިލް ކޯޓަށް ހުށަހަޅާފައިކަމަށެވެ. އަދި އެންމެންނަށްވެސް އޮންނަ އުސޫލުގެ ތެރެއިން ދައުލަތަށް ފައިސާދައްކަން އަދީބަށް ފުރުސަތުއޮތްކަން ކޯޓްގައި ދައުލަތުން ވަނީ ބުނެފައެވެ.
މިއަދު އޮތް އަޑުއެހުން ފައްޓަވަމުން ގާޒީ ފަރުހާދު ރަޝީދު ވިދާޅުވީ އަދީބުގެ ފަރާތުން ހުށަހަޅުއްވާ ޕްރޮޕޯސަލް ބަޔާންކޮށް މިދިޔަ ބުދަދުވަހު ކޯޓަށް ސިޓީއެއް ލިބިފައިވާ ކަމަށެވެ. މި މައްސަލާގައި އޭޖީ އޮފީހުގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު ވެސް ވަނީ އެފަދަ ސިޓީއެއް އޭޖީއަށް ވެސް އަދީބުގެ ފަރާތުން ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.
ދައުލަތުގެ ހުށަހެޅުމަކީ ގަބޫލުކުރެވޭ ރަނގަޅު ހުށަހެޅުމެއް ކަމަށާއި އެކަމަކު އެ ހުށަހެޅުން ގަބޫލުކުރުމުގެ ކުރިން އަދީބާ މަޝްވަރާ ކުރަން ބޭނުން ކަމަށް އޭނާގެ ވަކީލު މިއަދު ވަނީ ވިދާޅުވެފައެވެ.
މިއަދުގެ އަޑުއެހުން ނިންމާލާފައިވަނީ އަދީބާއި ވަކީލު މަޝްވަރާ ކުރުމަށްފަހު ހުށަހެޅުމެއް ހުށަހަޅަން ފުރުސަތު ދިނުމަށް ފަހުއެވެ. ދެން އޮންނަ އަޑުއެހުމެއްގައި ދެ ފަރާތުން އެއްބަސްވާ ގޮތް ހުށަހަޅަން ތައްޔާރުވާން ގާޒީ މިއަދު ވަނީ ދެ ފަރާތަށް އަންގަވާފައެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާއަށް އޭނާ ވަނީ ޝަރީއަތުގައި އިއުތިރާފުވެފައެވެ. އަދީބުގެ އިއުތިރާފުން އޭނާގެ މައްޗަށް ކުށް ސާބިތުވުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާ 20 އަހަރަށް ޖަލަށްލުމަށާއި ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު