ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަަދު ސާލިހަށް ތާއީދުކުރަން ސަރަނގު އާދަމަ މަނިކު ނިންމަވައިފިއެވެ.

ސަރަނގު އާދަމް މަނިކަކީ މާލޭ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ ކުރީގެ ރައީސްވެސްމެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކުރަން ސަރަނގު އާދަމް މަނިކު ނިންމަވާފައިވާއިރު އޭނާ ރައީސް ސާލިހާއި ގާތް ބޭފުޅުންތަކަކާއެކު އިންނަވަނިކޮށް ނަގާފައިވާ ފޮޓޯއެއް ވަނީ އާއްމުވެފައެވެ.

އެ ފޮޓޯގައި ރައީސް ސާލިހުގެ ކޮއްކޯފުޅު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި މަޖިލީހުގެ ކުރީގެ ނާއިބު ރައީސް މޫސާ މަނިކު ބައިވެރިވަޑައިގެންނެވިއެވެ.

މާލޭގެ ފުރަތަމަ މޭޔަރުކަން ކުރެއްވީ ސަރަނގު އާދަމް މަނިކެވެ. ނަމަވެސް މޭޔަރުގެ މަގާމުން 2011 ވަނަ އަހަރު އިސްތިއުފާ ދެއްވިއެވެ. އެހެން ނަމަވެސް މާލޭ ސިޓީ ކައުންސިލްގެ މެމްބަރެއްގެ ގޮތުގައި ދައުރު ފުރިހަމަ ކުރެއްވިއެވެ.

އެމްޑީޕީގެ ހަރަކާތްތަކުން ކުރިން ފެނުނު ސަރަނގު އާދަމް މަނިކު ވަނީ ރައީސް ވަހީދުގެ ޤައުމީ އިއްތިހާދު ޕާޓީގައިވެސް ހަރަކާތްތެރިވެ ވަޑައިގެންފައެވެ.



ކިޔުންތެރިންގެ ހިޔާލު