ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން، ޔޫ.ޕީ.ޔޫގެ ގޯލްޑް އެވޯޑް، މޯލްޑިވްސް ޕޯސްޓަށް ލިބިއްޖެއެވެ.

މި އެވޯޑަކީ ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެކްސްޕްރެސް މެއިލް ސަރވިސް، އީ.އެމް.އެސްގެ ޚިދުމަތް ދެމުންދާ ޕޯސްޓަލް އޮޕަރޭޓަރުންނަށް، ޔުނިވާސަލް ޕޯސްޓަލްއިން ދެމުން އަންނަ އެވޯޑެކެވެ.

ޔުނިވާސަލް ޕޯސްޓަލް ޔޫނިއަންގެ ގޯލްޑް އެވޯޑް މޯލްޑިވްސް ޕޯސްޓަށް ލިބިފައިވަނީ. ސްވިޓްޒަލޭންޑްގެ ވެރިރަށް ބާންގައި ކުރިއަށްގެންދިޔަ، އެކްސްޕްރެސް މެއިލް ސަރވިސްގެ ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައެވެ.

މޯލްޑިވްސް ޕޯސްޓްގެ ފަރާތުން މި އެވޯޑާއި ޙަވާލުވެފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، އާދަމް މުޙައްމަދެވެ. މިއެވޯޑް ރާއްޖެއަށް ލިބިފައިވަނީ 2022 ވަނަ އަހަރު، އީއެމްއެސްގެ ޚިދުމަތްދޭ ދުނިޔޭގެ 174 ޤައުމެއްގައި ދެމުންދާ ޚިދުމަތް ބަލާ ރޭންކް ކުރުމަށްފަހުގައެވެ.

ރާއްޖޭގެ އިތުރުން ގޯލްޑް އެވޯޑް ލިބިފައިވާ ޤައުމްތަކުގެ ތެރޭގައި އަޒަރުބައިޖާން، މިޔަންމާރ، އޯމަން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް ހިމެނެވެ. އަދި ޤަތަރަށް ސިލްވާރ އެވޯޑް ލިބިފައިވާއިރު ބުރޯންޒް އެވޯޑަށް އެއްވެސް ޤައުމެއް މިފަހަރު ހޮވިފައެއް ނުވެއެވެ. މިފަހަރު ރާއްޖެއަށް ގޯލްޑް އެވޯޑް ލިބިފައިވާއިރު، 2021 އަދި 2019 ވަނަ އަހަރު މޯލްޑިވްސް ޕޯސްޓަށް ވަނީ "ބްރޯންޒް އެވޯޑް" ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން