ބައެއް މީހުން މަސައްކަތްކުރަނީ ކޮންމެ ވެރިކަމެއްގައި ލިބޭ ބައި ބޮޑުކުރަންކަމަށް މަޖިލީހުގެ ކުރީގެ ނާއިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.



މޫސާ މަނިކު މިހެން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގުޅިގެން ސިޔާސީ މަސައްކަތްތައް ކުރަމުނށެވެ. 1Lއެގޮތުން އިދިކޮޅު ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި، އެމްއެންޕީއާއި އަދިވެސް އެހެނިހެން ސިޔާސީ ބައެއް ޕާޓީތަކުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މޫސާ މަނިކު ވިދާޅުވީ ކޮންމެ ރިޔާސީ ދައުރެއް ހަމަވާ ހިސާބުން ކުރިއަށް ފެށޭ ވެރިކަމުން ބޮޑު ބައި ހޯދަން މަސައްކަތް ކުރަންވަށާ ކަމަށެވެ.

މޫސަ ވިދާޅުވީ ސިޔާސީ މަސައްކަތް ކުރާ މީހުން އުޅެނީ ތިމާމެންގެ ބައި ބޮޑު ވެރިކަމަކަށް ހެދުމަށްޓަކައި އެކިއެކި މީހުންގެ އިތުބާރު ނެތްކަމަށް ފާސްކޮށް ނުވަތަ ބަޣާވާތްކުރަންކަމަށެވެ. އެހެންކަމުން އެފަދަ ކަންކަން ޤާނޫނުއަސާސީގައި ލިޔެ، ހުއްދަ ކުރަންވީނުންތޯއޭވެސް މޫސަ ސުވާލުކުރެއްވިއެވެ.



އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތްކުރަމުންދާއިރު ގިނަ ބަޔަކު ދަނީ އެއީ ސަރުކާރު ވައްޓާލަން ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން