ފަަލަަސްތީނުގެ މުގައްދަސް ބިން ފޭރިގަނެގެން އެތަނަށް ބޭރުން އަރާ ތިބި ޒަޔަނިސްޓް ޔަހޫދީ ޖަމާއަތަކަށް އެ ބިމުގައި ދައުލަތެއްގެ ހައްގު އޮތް ކަމަށް ގަބޫލު ކުރުމީ އުންމަތުގެ ހައްގުގައި ވެވޭ ބޮޑުވެގެންވާ ހިޔާނާތެއް ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގެންފައިވާ ހައްދު ފަހަނައަޅާފަައިވާ ޔަހޫދީ އިސްރާއީލުން ގެންދަނީ ފަލަސްތީނުގެ މުސްލިމު ރައްޔިތުން އެއްވެސް ހައްގަކާއި ނުލައި ޝަހީދުކޮށް އެމީހުންގެ ގެދޮރުން ނެރެ ލާއިންސާނީ އަނިޔާވެރި އެތައް ޖަރީމާތައް ހިންގަމުންނެވެެ.

ފަލަސްތީނުގެ ރައްޔިތުން މައްސަލާގައި ވާހަކަ ދައްކާ މަދު ގައުމުތަކުންވެސް އަދި އދ އިންވެސް ބުނަނީ ފަލަސްތީން-އިސްރާއީލް މައްސަލައަށް އޮތް ހައްލަކީ ދެ ދައުލަތުގެ ހައްލު ކަަމަށެވެ. ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކުން ނެރޭ ހުރިހާ ސްޓޭޓްމަންޓްތަކެއްގައިވެސް އެކަން ފާހަގަކުރެއެވެ.

އެކަމާ ގުޅިގެން ޖަމިއްޔަތުލް ސަލަފަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް އަހުމަދު ސަމީރު ވިދާޅުވީ ފަލަަސްތީނުގައި ދެ ދައުލަތެއް ނޯންނާނެ ކަމަށާ އެއީ ހަމައެކަނި ފަލަސްތީނު ކަމަށެވެ. ފަަލަަސްތީނުގެ މުގައްދަސް ބިން ފޭރިގަނެގެން އެތަނަށް ބޭރުން އަރާ ތިބި ޒަޔަނިސްޓް ޔަހޫދީ ޖަމާއަތަކަށް އެ ބިމުގައި ޔަހޫދީ ދައުލަތެއްގެ ހައްގު އޮތް ކަމަށް ގަބޫލު ކުރުމީ އުންމަތުގެ ހައްގުގައި ވެވޭ ބޮޑުވެގެންވާ ހިޔާނާތެއް ކަމަށް ޝެއިހް ސަމީރު ވިދާޅުވިއެވެ.



ސަމީރު ވިދާޅުވީ ފަލަސްތީނުގެ ބިން ފޭރިގަނެގެން ބޭރުން އަރާ ތިބި ހަރުކަށި ޓެރަރިސްޓް ޖަމާއަތަކަށް ފަސްތީނުގެ ބިމުގެ 78 އިން ސައްތަ ދޭ ގޮތަށް "ދެ ދައުލަތުގެ ހައްލު" ގެ ނަމުގައި ހުޅަނގުން ހުށައެޅި މަކަރުވެރި ރޭވުމަކީ ޔަހޫދީ ދައުލަތް ފުޅާކޮށް އެބައިމީހުންގެ ބާރު މުޅި ތަނަށް ފަތުރަން މަޖްބޫރު ކުރުވި ދަންތުރައެއް ކަމަށެވެ.

އޭނާ ވިދާޅުވީ ދެ ދައުލަތުގެ ހައްލު' ގެ ވާހަކަ އަކީ ސީދާ ކަމާގުޅުން ހުރި އެއްވެސް ބަޔަކު ގަބޫލުކުރާ އެއްޗެއް ނޫން ކަމަށާއި، އެއީ އަަވާމެންދުރެއް ކަމަށެވެ.ޝައިހް ސަމީރު ވިދާޅުވީ ފަލަސްތީނަށް އަރާ ތިބި ޒަޔަނިސްޓް ޔަހޫދީންނާއި އެމީހުންގެ އައުވާނުންގެ ބާރު ކިތަންމެ ގަދަވިޔަސް މުސްލިމެއްގެ ހިތުގައި އެ ބިމުން ކައިވަތެއްގެ މިންވަރުވެސް ޣާޞިބުންނަށް ހައްގު ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ.

"އަނިޔާވެރިކަމާއެކު ބިމަށް އަރައި ގަނެވިދާނެ އެވެ. އެހެނަަސް އަޅުގަނޑުމެން ހިތުގެ އަގީދާއަށް އަރައި ގަތަދީގެން ނުވާނެ އެވެ.ހައްލަކީ ދީނަށް އެނބުރި އައިސް ޖިހާދުކޮށް ގުދުސް މިނިވަން ކުރުމެވެ،" ޝައިހް ސަމީރު ކުރެއްވި ޕޯސްޓްގައި ވިދާޅުވި އެވެ.

އިސްރާއީލުން އަންނަނީ މިދިޔަ ހަފްތާގެ ހުކުރު ވިލޭރެއިން ފެށިގެން ޣައްޒާއަށް ވަރުގަދަ ހަމަލާތައް ދެމުންނެވެ. މިހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 31 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އޭގެތެރޭގައި ކުޑަކުދިންނާއި އަންހެނުން ވެސް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން