އއ. އުކުޅަސް ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއަކުން ރަށުގައި އުޅޭ ފަރާތްތަކަށް ބަނގުރާ ވިއްކަމުންދާތީ އެ ސަފާރީ ފަޅުތެރެއިން ނެރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން މިރޭ އަމުރުކޮށްފިއެވެ.

އއ. އުކުޅަސް ފަޅުތެރޭ އަޅާފައި އޮތް ސަފާރީއަކުން ރަށުގައި އުޅޭ ފަރާތްތަކަށް ބަނގުރާ ވިއްކަމުންދާކަމަށް ބުނެ އެރަށު ރައްޔިތުން މީގެ ކުރިން ވަނީ ނުރުހުން ފާޅުކޮށްފައެެވެ. އެ ސަފާރީ ފަޅުތެރެއިން ބޭރުކުރުމަށް ރައްޔިތުން ގޮވާލުމުންވެސް އެރަށު ކައުންސިލުން އެކަން ނުކުރުމުން ރަށު ރައްޔިތުން ވަނީ މުޒާހަރާކޮށްފައެވެ.

ބަނގުރާ ވިއްކަމުންދާތީ އެ ސަފާރީ ފަޅުތެރެއިން ނެރުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުން މިރޭ އަމުރު ނެރުނު ނަމަވެސް އެ އަމުރުގެ ތަފްސީލެއް އަދި ނުލިބެއެެވެ. ފަޅުތެރެއިން ސަފާރީ ނެރުމަށް ކޯޓުން އަމުރު ނެރުމާއެކު އެރަށުގެ ރައްޔިތުން މިހާރު ދަނީ މަގުތަކަށް ނިކުމެ އުފާފާޅު ކުރަމުންނެެވެ.

އުކުޅަހުގައި 26 ގެސްޓް ހައުސް ހުންނައިރު އެއީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެކެވެ.

މިމައްސަލަ އާއި ގުޅިގެން އުކުޅަހު ކައުންސިލްގެ ބަހެއް ހޯދުމަށް އެކައުންސިލްގެ މެމްބަރުންނަށް "ރަސްއޮންލައިން"ގެ ފަރާތުން ގުޅުމުން އެއްވެސް މެމްބަރަކު ފޯނަށް ޖަވާބުދީފައިނުވާތީ މިމައްސަލައިގައި ކައުންސިލުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން