ޒަހީނުއްދީން ސަޢީދު   14 މޭ 2023 - 0:52
ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުން ދިޔައީ ޏ. ފުވައްމުލައް / ދޫޑިގަން، ރަންދެލިގެ ހަސަން ޖަމީލް (30އ) އެވެ.

ހަސަން ޖަމީލް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ފުލުހުން މީގެ ކުރިން ބުނީ އޭނާ އެންމެ ފަހުން އާއިލާއަށް ހަބަރެއް ވެފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހުއެވެ. އަދި އޭނާ މާލޭގައި ހުރި ކަަމަށް އާއިލާއަށް ގުޅާފައި ބުނެފައިވާ ކަމަށްވެސް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ މިއަދުގެ ވަގުތެއްގައި މާލެ އިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން