ހުޅުމާލެ ދެވަނަ ފިޔަވަހީގައި މިދިޔަމަހު ހިނގި ނުރައްކާތެރި އެކްސިޑެންގައި ސީރިއަސް އަނިޔާތަކެއް ލިބިގެން ފަރުވާދެމުންދިޔަ ޒުވާނާ މަރުވެއްޖެއެވެ.

މިދިޔަމިަހުގެ 2 ވަނަ ދުވަހު ހިނގި މި އެކްސިޑެންޓްގައި އަނިޔާވި ހދ.ނެއްލައިދޫ، ވަޒަން އަޙްމަދު ޒައިން، 20އ މަރުވީ މިއަދުގެ ވަގުތެއްގައެވެ.

ޒައިންގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ ފަތިހް އާސަހަރާ މިސްކިތުގައެވެ.

ޕިކަޕަކާއި ސައިކަލެއްޖެހި ހިނގި އެކްސިޑެންޓެއްގައި އެ ޒުވާނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގިނަ އެކްސިޑެންޓްތަކެއް ހިނގަމުންދާއިރު ކަމާއިބެހޭ ފަރާތްތަކުން މާބޮޑު ސަމާލުކަމެއް އެކަމަށް ދޭތަނެއް ނުފެނެއެވެ.



ކިޔުންތެރިންގެ ހިޔާލު