ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އުޅޭ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން މުސްލިމުންނަށް ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުއްވެރިކޮށްފިއެވެ.
މި ހަފްތާގެ ކުރީކޮޅުން ފެށިގެން ޔަހޫދީ ސިފައިން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި 31 މީހުން މިހާތަނަށް މަރުވެފައިވާއިރު، އެތައް ބަޔަކު ވަނީ ޒަހަމްވެފައެވެ. އަދި އެ ހަމަލާތައް މީހުން އުޅޭ އިމާރާތްތަކަށްވެސް ދަނީ އަމާޒުކުރަމުންނެވެ.
ދިވެހި ސަރުކާރުގެ ބަޔާނުގައި އިސްރާއީލުގެ ހަމަލާތައް އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމުން ބުނީ އިސްރާއީލުގެ އަމަލުތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އދގެ ސަލާމަތީ މަޖިލީހާއި އާއްމު މަޖިލީހުގެ ޤަރާޜުތަކާއި ހިލާފު އަމަލެއްކަމަށެވެ. އަދި މިއީ ސުލްހައާއި ހަމަޖެހުން ޤާްއިމްކުރުމަށް ކުރަމުންދާ މަސަައްކަތްތަކަށް އެޅޭ ހުރަހެއްކަމަށް ވެސް ބުނެފައި ވެއެވެ.
އިސްރާއީިލުގެ އަމަލުތައް ކުއްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ފަލަސްޠީނުގެ މިނިވަން އަދި މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށާއި، އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދުކޮށް، އެއްބާރުލުންދޭނެކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައި ވެއެވެ.
ދިވެހި ސަރުކާރުން ބުނީ އަދި މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ 1967ގެ ބޯޑަރާއި އެއްގޮތަށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި ބަލައިގެންކަމަށެވެ.

Statement by the Government of Maldives on the Israeli aggression against the Gaza Strip
— Ministry of Foreign Affairs 🇲🇻 (@MoFAmv) May 12, 2023
📃 Press Release | https://t.co/Z1TCa1jHbO pic.twitter.com/AedjhdAGYn
އިސްރާއީިލުގެ އަމަލުތައް ކުއްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ފަލަސްޠީނުގެ މިނިވަން އަދި މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށާއި، އަބުރުވެރިކަމާއެކު ދިރިއުޅުމުގެ ހައްޤު ކަށަވަރުކުރުމަށް ކުރާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް ތާޢީދުކޮށް، އެއްބާރުލުންދޭނެކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައި ވެއެވެ.
ދިވެހި ސަރުކާރުން ބުނީ އަދި މި މައްސަލައަށް ދާއިމީ ސުލްހަވެރި ހައްލެއް ގެނެވޭނީ 1967ގެ ބޯޑަރާއި އެއްގޮތަށް ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރި ރަށުގެ ގޮތުގައި ބަލައިގެންކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު