ރާއްޖޭގައި ޑިމޮކްރަސީ ހަރަކާތް ހިންގަން އުޅުނު މީހުން މަހުޖަނުންނަށްވެއްޖެކަމަށް ކުރީގެ ހާރިޖީ ވަޒީރު އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވީ ޤައުމުގައި އުފާވެރިކަން ލިބެނީ ވަކި ބަޔަކަށްކަމަށް ބުނެ އާއްމުންގެ މީހަކު ކުރި ޓްވީޓަކާއި ގުޅިގެނެވެ.
"ގޯތިން އުފާވެރިކަން ލިބެނީ ވަކިބަޔަކަށް. އަނެއްބައި މީހުންގެ ގޯއްޗާއި ދިރިއުޅުމާއި އެކެއް ނުވޭ. އުފާވެރިކަމެއް ނުލިބޭ." އެމީހާ ބުނެފައިވެއެވެ.
މި ވާހަކައާ ގުޅުވާލަމުން ޑރ. ޝަހީދު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުނު ގިނަ މީހުން މިއަދު ތިބީ މަހުޖަނުންނަށް ވެފައިކަމަށެވެ. އަދި އެމީޙުން ޑިމޮކްރަސީގެ ހަރަކާތް ބޭނުންކުރަނީ އަމިއްލަ މަންފާ ހޯދުމަށްކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވީ ކޮން ބަޔަކަށް އިޝާރަތް ކުރައްވަމުންކަމެއް ވިދާޅެއްނުވެއެވެ. ނަމަވެސް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތްކުރީ އެމްޑީޕީގެ އިސް ބޭފުޅުންކަން އެއީ ގިނަ ބަޔަކު ދަންނަކަމެކެވެ. އަދި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އިސްލާހީ މަސައްކަތާއި ޑިމޮކްރަސީއާއެކު ރައްޔިތުންނަށް ލިބޭނެކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވާ ތަރައްގީއާއި ކުރިއެރުމެއް ނުލިބެއެވެ. އެމީޙުން ބުނާގޮތުން ޑިމޮކްރަސީގެ ފޮނި މީރުކަން ލިބެނީ ވަކި ބަޔަކަށް އެކަންޏެވެ.

In the meantime, most of those who led the “pro-democracy” movement have become millionaires overnight, turning their “movement” into a racket! Perhaps not unique to Maldives, but that’s not a consolation for anyone! https://t.co/JFhGgu4bcg
— Ahmed Shaheed (@ahmedshaheed) May 12, 2023
މި ވާހަކައާ ގުޅުވާލަމުން ޑރ. ޝަހީދު ވިދާޅުވީ ރާއްޖޭގައި ޑިމޮކްރަސީގެ ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުނު ގިނަ މީހުން މިއަދު ތިބީ މަހުޖަނުންނަށް ވެފައިކަމަށެވެ. އަދި އެމީޙުން ޑިމޮކްރަސީގެ ހަރަކާތް ބޭނުންކުރަނީ އަމިއްލަ މަންފާ ހޯދުމަށްކަމަށްވެސް ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު މިހެން ވިދާޅުވީ ކޮން ބަޔަކަށް އިޝާރަތް ކުރައްވަމުންކަމެއް ވިދާޅެއްނުވެއެވެ. ނަމަވެސް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ މަސައްކަތްކުރީ އެމްޑީޕީގެ އިސް ބޭފުޅުންކަން އެއީ ގިނަ ބަޔަކު ދަންނަކަމެކެވެ. އަދި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އިސްލާހީ މަސައްކަތާއި ޑިމޮކްރަސީއާއެކު ރައްޔިތުންނަށް ލިބޭނެކަމަށް ސިޔާސީ ބޭފުޅުން ވިދާޅުވާ ތަރައްގީއާއި ކުރިއެރުމެއް ނުލިބެއެވެ. އެމީޙުން ބުނާގޮތުން ޑިމޮކްރަސީގެ ފޮނި މީރުކަން ލިބެނީ ވަކި ބަޔަކަށް އެކަންޏެވެ.
ކިޔުންތެރިންގެ ހިޔާލު