ޕްރައިވެޓް ސްކޫލަކުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އެޑިޔުކޭޝަން ފެއަރ "ސްޓެމް ފެއަރ" އައްޑޫސިޓީގައި މާދަމާ ކުރިއަށްދާނެކަމަށް ފެއަރ އިންތިޒާމްކުރާ ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލް އައްޑޫ ކެމްޕަސްއިން ހާމަކޮށްފިއެވެ.
އައްޑޫސިޓީ، ހިތަދޫގަjއި ހުންނަ ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލާއި ކެންގަރޫ ކިޑްސްއާ ގުޅިގެން، ހުރިހާ އުމުރުފުރައެއްގެ ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށް، ކުރިއަށް ގެންދާ، މިފެއާއަކީ ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގއާއި މެތަމެޓިކްސްގެ ދާއިރާއާ ގުޅުންހުރި ބޭނުންތެރި ތަފާތު މަޢުލޫމާތުތަކެއް ދަރިވަރުންނަށް ލިބިގެންދާނެ ފެއަރ އެކެވެ.
ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލްގެ އައްޑޫ ކެޕަހުން މަޢުލޫމާތުދިން ގޮތުގައި އެސްކޫލް ހޯލުގައި މާދަމާ ހަވީރު 3:00 އިން 5:00 އަށް ކުރިންގެންދާ ސްޓެމްފެއަރ އަކީ އައްޑޫސިޓީގައި މިހައި ފުޅާދައިރާއެއްގައި ބޭއްވޭ މިފަދަ ފުރަތަމަ ފެއާއެވެ.
ސްޓެމްފެއަރއާގުޅޭ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭގޮތުން ބިލަބޮން އިންޓަރނޭޝަނަލް ސްކޫލް އައްޑޫ ކެމްޕަސްއިން މަޢުލޫމާތު ދެއްވަމުން އެ ސްކޫލްގެ ޕްރިންސިޕަލް މުހްސިނާ މިރްޒާ ވިދާޅުވީ ސްޓެމްފެއަރ އަކީ ހުރިހާ ގޮތަކުންވެސް ތަފާތު ފެނިގެންދާނެ ތަފާތު ފެއަރއެއް ކަމަށެވެ. އެގޮތުން މުހްސިނާ ވިދާޅުވީ މިފެއަރގައި އެންމެ ތުއްތު ދަރިވަރުންގެ އުމުރުފުރައިން ފެށިގެން މަތީ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް އެކި ހަރަކާތްތައް ކުރިއަށްގެންދެވޭނެ ކަމަށެވެ.
މުހްސިނާ ވިދާޅުވީ ސައިންސާއި، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސްގެ ދާއިރާއާގުޅޭ ސެޝަންތަކުގެ އިތުރުން މިފެއަރގައި އެދާއިރާތަކާ ގުޅުންހުރި ތަފާތު އިޖާދުތައްވެސް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ތަޢުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް އަމަލީ މައިދާނުގައި މިޢިލްމު ބޭނުންކުރެވޭ ގޮތްތަކުގެ މައުލޫމާތު ލިބިދީ އަދި ސައިންސާއި ޓެކްނޮލޮޖީ އިންޖިނިއަރިން އަދި މެތެމެޓިކްސް އަށް ކުދިން އިތުރަށް ޝަޢުގުވެރިކުރުވައިދޭނެ ފެއަރއެއް ކަމަށްވެސް މޮހްސިނާ މިރްޒާ ވިދާޅުވިއެވެ.
މުހްސިނާ ވިދާޅުވިގޮތުގައި މާދަމާގެ ސްޓެމްފެއަރ އެންމެ ތަފާތުވެގެންދަނީ ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންއާއި މެތެމެޓޮލިކްސްގެ ތަޖުރިބާކާރު ޕްރޮފެޝަނަލް ބޭފުޅުންގެ ޚާއްޞަ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވުމެވެ.
މިފެއާގައި ސްޓެމް އެޑިއުކޭޝަންގެ ގިނަ އީޖާދުތަކެއް ދައްކާލައި ދަރިވަރުންނަށް ސައިންސާއި ޓެކްނޮލޮޖީގެ ފަހުގެ އައު މައުލޫމާތުތަކެއް ލިބިގެންދާއިރު، މީގެ ތެރޭގައި ސައިންސްގެ ތަފާތު އެކްސްޕެރިމެންޓްތަކާއި، ޑްރޯންއާއި ރޮބޮޓިކްސް އަދި ޓެކްނޮލޮޖީއާގުޅުންހުރި ހަރަކާތްތަކެއް ބައިވެރިވާ ދަރިވަރުންނާއެކު ކުރިއަށްދާނެއެވެ.
"އަޅުގަނޑުމެންގެ މިފެއާގައި ސައިންސާއި ޓެކްނޮލޮޖީގެ އުފެއްދުންތެރި އަދި އީޖާދީ އެތައް ޕްރޮޖެކްޓެއް ޝޯކޭސްކުރާނެ. ދެން މިސެޝަންތައް ގެންދާނީ ސުވާލުކޮށް މަޢްލޫމާތު އޮޅުންފިލުވޭގޮތަށް އިންޓަރޭކްޓިވްކޮށް. ބޭނުމަކީ ދަރިވަރުންގެ އީޖާދީ ވިސްނުން ވަރުގަދަކުރުމާއި، އިންސްޕަޔާރކުރުން، އަދި އެޑިއުކޭޓްކޮށްދިނުން. ރޮބޯޓިކްސް އަދި ޑްރޯން ޓެކްނޮޖީގެ އެކްސްޕެރިމެންޓަލް ޕްރޮޖެކްޓްތައް މިފެއަރއިން ފެނިގެންދާނެ. މިއީ ދަރިވަރުންގެ މުސްތަޤްބަލުގެ ކެރިއަރތަކާއި ގުޅޭކަންކަން އަމިއްލަ އަތުން ތަޖުރިބާކޮށްލަން ލިބޭ ފުރުޞަތެއް. އެހެންކަމުން ސްކޫލުން މިއެދެނީ އައްޑޫސިޓީގެ ވީހާވެސް ގިނަ ދަރިވަރުން މިފެއާގައި ބައިވެރިވުމަށް." ބިލަބޮން ހައި އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުހްސިނާ މިރްޒާ ވިދާޅުވިއެވެ.
އައްޑޫސިޓީގައި ހުންނަ ބިލަބޮން އިންޓަރނޭޝަނަލް ސްކޫލާއި ކެންގަރޫ ކިޑްސްއާ ގުޅިގެން ކުރިއަށް ގެންދާ، މިފެއާއަކީ އައްޑޫގައިވެސް އަދި ޕްރައިވެޓް ސްކޫލަކުން ރާއްޖޭގައިވެސް ފުރަތަމަ ފަހަރަށް ބޭއްވޭ މިފަދަ އެޑިއުކޭޝަނަލް ފެއާއެއްކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު